ޚަބަރު

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ:އެމްއެމްއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް/ ފޮޓޯ: ސަން

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

Ads by STELCO

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ޓަކައި ހަދައިފައިވާ ޑީ ޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ބޭންކިން ދާއިރާއާ ގުޅޭ ފަރާތްތަކާ. އެއަށް ފަހު ދެން ޑީޑޮލަރައިޒޭޝަންގެ ސިޔާސަތަށް ދެ ގަވާއިދެއްވާނީ ހަދައިފައި،" ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން ހަދައިފައި ވަނީ މަނިޓަރިންގެ ގަވާއިދަކާއި ފޮރިން އެކްސްޗޭންޖް ލައިސެންސިންގެ ގަވާއިދެކެވެ. ގަވަރުނަރު ހާޝިމް ވިދާޅުވީ އެ ދެ ގަވާއިދާ އެކު ޕްރައިވެޓް ސެކްޓާގެ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އޭގެ ކުރީގައި ކަމާ ގުޅޭ ފަރާތްތަކާ އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

  1. ހަނާ

    ޔޫ ފަނީ

  2. ރައްޔިތުމީހާ

    މަނިކުފާނުު ތިއުޅުއްވަނީި ރައްޔިތުންނައްް އެއްވެސްގޮތަކައްް ޑޮލަރުނުލިބޭނެެ ވިސްނުންފުޅެއްގައިތޯޯ އާއްމުު ރައްޔިތުމީހާާ މެޑިކަލްް އަކައްވެސްް ނުވަތަަ އެނޫންގޮތަކުންވިޔަސްް ރަށުންް ބޭރުނުވޭގޮތެއްގެެ ރޭވުންފުޅެއްތޯޯ ތީގޯހެއްް މާދަމާނޫންކަމެއްވެސްް ނޭގެެ މަނިކުފާނާް މަނިކުފާނުގެެ އެންމެެ ގާތްބޭފުޅުންް ޑޮލަރުހޯދަންް ދުވަންޖެހޭނީީ