Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ދައްކައިދެނީ ކުރީ ސަރުކާރުތަކުން ވެފައިވާ އިޙްމާލު: ހިސާން

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ދައްކައިދެނީ ކުރީ ސަރުކާރުތަކުން ވެފައިވާ އިޙްމާލު: ހިސާން

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓްގެ ދަށުން ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ލަފާކުރުން ހައްލު ކުރުމަށް ބޮޑު ޚަރަދެއް ކުރަން ނިންމައިފައިވާ ކަމަށާއި މިކަމުން ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ވެފައިވާ އިޙްމާލު ވަރަށް ރަނގަޅަށް ފެނިގެންދާ ކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސް މަރުހަލާގައި މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހިސާން ހުސެއިން ވިދާޅުވީ، މިއަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓަކީ ރައްޔިތުންނަށް އައު އުންމީދުތަކެއް ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. އަދި މި ބަޖެޓުން، ރައީސް ޞާލިހްގެ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވަން ކުރަމުންދާ މަސައްކަތް ފެނިގެންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ ތެރެއިން ބައެއް ވަޢުދުތައް ފާހަގަ ކުރައްވަމުން ހިސާންގެ ވާހަކަފުޅުގައި ވިދާޅުވީ، ނަޖިސް ފެނުން ދިވެހިން ފެންވަރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެކަން ހައްލުކޮށްދިނުމަށް މި ސަރުކާރުން ވައުދުވެފައިވާނެ ކަމަށެވެ. އަދި މިއަންނަ އަހަރު ޕީއެސްއައިޕީ ބަޖެޓްގެ 15.2 އިންސައްތަ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރަން އޮތް އޮތުމަކީ އެ ވައުދު ފުއްދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުކޮށް އޮތް އޮތުމުން އެ ރަށްރަށަށް ވެފައި އޮތް އިޙްމާލް ފެންނަ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މި ބަޖެޓްގެ (ޕީއެސްއައިޕީ ބަޖެޓްގެ) 15.2 ޕަސެންޓް މިއޮތީ ފެނާއި ނަރުދަމާއަށް. އޭގެން ޙަޤީޤަތުގައި މިފެންނަނީ ވޭތުވެދިޔަ ސަރުކާރުތަކުންވެފައި އޮތް އިޙްމާލު ދިވެހިންނާ މެދު" ހިސާން ވިދާޅުވިއެވެ.

ހިސާންގެ ވާހަކަފުޅުގައި ލަފާކުރުމުގެ ދަތިތައް ހައްލުކުރަން ބަނދަރު ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އަލިއަޅުވައިލިއެވެ. މިގޮތުން ޕީއެސްއައިޕީގެ ބޮޑު ބައެއް މިކަމަށް ޚަރަދު ކުރާއިރު، މިކަމުގެ ސަބަބުން ސީދާ ގޮތުން އެތައް ރައްޔިތުންނަށް ފައިދާވާނެ ކަމަށް ހިސާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ލަފާ ކުރުން ޙައްލު ކުރުމަށް ބަޖެޓްގެ 27 އިންސައްތަ އެބައޮތް ކަނޑައަޅައިފަ. ބްރިޖެއް އެޅިފައި އެބައޮތް. ނަމަވެސް ރަށްރަށުގެ ލަފާކުރުމުގެ ދަތިކަން ހައްލު ކުރަން އެބަޖެހޭ. ކުދި ރަށްރަށް އެބަހުރި މާބަނޑު މީހާ ހޮސްޕިޓަލަށް ދާން ނުފުރިގެން ދަރިފުޅު ބަނޑަށް މަރު" ހިސާން ވިދާޅުވިއެވެ.

"ތަރައްޤީއަކީ ހަމައެކަނި އަތްލެވޭ ތަރައްޤީއޭ ބުނުމަކީ އިންސާފެއް ނޫން. ތަަރައްޤީއަކީ މީހާއަށް، އިންސާނާއަށް އަންނަ ކުރިއެރުމެއް ކަން އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހޭ. އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ ބަދަލުތަކެއްކަން ޤަބޫލު ކުރަން ޖެހޭ."

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް