ޚަބަރު

ބައެއް މީހުން ހިއްސާ ކުރި ފޮޓޯތައް ވަރަށް އުފެއްދުންތެރި: އިކްރާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބައެއް މީހުން ހިއްސާ ކޮށްފައި ހުރީ، އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ ވަރަށް "އުފެއްދުންތެރި" ފޮޓޯތަކެއް ކަމަށް ވިދާޅުވެ އޭނާ އެމީހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Sosun Fihaara

ދިއްގަރު ދާއިރާގެ މެންބަރު މިހެން ވިދާޅުވީ ނޫސްތަކުގައި އޭނާގެ އެއް ފޮޓޯއެއް އަބަދު ބޭނުން ކުރާ ކަމަށް ޝަކުވާ ކުރެއްވުމުން، ބަޔަކު އޭނާގެ އެހެން ފޮޓޯތަކެއް ތައްޔާރުކޮށް މީސްމީޑިއާގައި އާންމު ކުރުމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ މެންބަރު އިކްރާމްގެ ފޮޓޯގެ ބެކްގްރައުންޑް ބަދަލުކޮށް، ތަފާތު އެކި ފޮޓޯތައް ވެސް އުފައްދާފައެވެ. އެގޮތުން އިންޑިއާގެ ތާޖް މަހަލް ކައިރީގައާއި، ރީތި ޤުދުރަތީ އެކި މަންޒަރު ދައްކުވައިދޭ ތަންތަނުގައި ވެސް، ފޮޓޯޝޮޕް ކޮށްގެން އިކްރާމްގެ އައު ފޮޓޯ ހަދާފައި ހުއްޓެވެ.

މި ފޮޓޯތަކާ ގުޅިގެން މެންބަރު އިކްރާމް އިއްޔެ މެންދުރު ކުރި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯތައް ހިއްސާ ކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށާއި ބައެއް ފޮޓޯތައް ވަރަށް އުފެއްދުންތެރި ކަމަށެވެ. އެފަދަ ފޮޓޯތައް ބަލަން ވަރަށް ކަމުދިޔަ ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.

Ads by HDC
  1. އަދޫ

    މޮޔަަވެބަލަަ ފޮނިފިރިހެނާ ތިމަގާމު
    ގެއްލިދާނެ
    ދުވަސްކޮޅަކުން