Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްމަޓީި ބަންދުކުރަން އަނެއްކާ ވެސް އަމުރުކޮށްފި

އައްމަޓީި ބަންދުކުރަން އަނެއްކާ ވެސް އަމުރުކޮށްފި

ސީލައިފްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ ބާޠިލްކޮށް އޭނާ އަލުން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ކޮއްކޯއިން ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.

ކްރިމިނަލްކޯޓުން ނިންމި މިނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން ވަނީ އައްމަޓީ ދޫކޮށްލައިފި ނަމަ އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވެ ދަށުކޯޓުގެ ނިންމުން ބާޠިލްކޮށް އައްމަޓީ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ.

Advertisement
HDC — Sidebar (box)

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އައްމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ.

ފައިސާތައް ނަގައި ފިލައިގެން އުޅެނިކޮށް އައްމަޓީ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައި ވަނީ މާޗްމަހުގެ 24ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް