ދުނިޔެ

މިޔަންމާގެ ޖަލުން ދޫކޮށްލުމާ އެކު އެމެރިކާގެ ނޫސްވެރިޔާ އަނބުރާ ގައުމަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިޔަންމާގެ ކޯޓަކުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާ އެމެރިކާގެ ނޫސްވެރިޔާ ޑެނީ ފެންސްޓާ ޖަލުން މިިނިވަންކުރުމާ އެކު އެނބުރި ގައުމަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ.

Ads by WAMCO

ފެންސްޓާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވައިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އޭނާ ޖަލުން މިނިވަން ކޮށްފައި ވަނީ 6 މަހަށް ފަހުގައި މި ހަފްތާގައެވެ. އެއާ އެކު ގައުމަށް ދިޔުމުގެ ދަތުރު ފެށީ  ޗާޓަރު ކުރި ފްލައިޓެއްގައެވެ. އެ ފްލައިޓް ގަތަރުގައި ލޭންޑް ކުރުމުން އޭނާ ފްލައިޓުން ފޭބި ގަޑީގައި ނޫސްވެރިން ވަނީ އޭނާގެ ފޮޓޯތައް ނަގައިފައެވެ.

ފެންސްޓާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހަގީގަތެއް ނެތް ވާހަކަ ފެތުރުމާއި ގާނޫނާއި ހިލާފު އޯގަނައިޒޭޝަންތަކާ ގުޅުން ބޭއްވުމާއި ވިސާގެ ގަވާއިދާ ހިލާފުވުމުގެ ދައުވާތަކާ ގުޅިގެންނެވެ.

"އަނބުރާ ގައުމަށް ދެވޭތީ އަހަރެން މިހުރީ ވަރަށް އުފަލުން" ގަތަރަށް ފޭބި ވަގުތު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފެންސްޓާ ބުންޏެވެ.

އޭނާ މިނިވަން ކޮށްފައި ވަނީ ޔުނައިޓެޑް ނޭޝަންސް ޔޫއެސްގެ ކުރީގެ އެމްބެސަޑަރ ބިލް ރިޗާރޑްސަންގެ މަސައްކަތުންކަމަށް ބައިނަލް އަގުވާމީ ނޫސްތަކުން ބުނެއެވެ.

ފެންސްޓާއަކީ މިޔަންމާގެ ލޯކަލް މެގަޒިނެއްކަމުގައިވާ މިޔަންމާ ފްރޮންޓިއަރގެ މެނޭޖިން އެޑިޓަރެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މެއި މަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!