Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭޑީކޭގައި އުފަންވި 790 ގްރާމް ކުއްޖާ: 25 ދުވަސް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނު

އޭޑީކޭގައި އުފަންވި 790 ގްރާމް ކުއްޖާ: 25 ދުވަސް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނު

އޭޑީކޭ ހޮސްޕިޓަލަށް އުފަންވި ބަރުދަނުގައި އެންމެ 790 ގްރާމު ހުރި ތުއްތު ކުއްޖަކަށް 25 ދުވަސް ވަންދެން ފަރުވާދީ، އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ.

ދުވަސް ނުފުރާ ވިހެއި "މައިރީން"ގެ ވާހަކަ "ވޯލްޑް ޕްރިމެޗުއާރ ޑޭ"ގެ މުނާސަބަތުގައި ހިއްސާ ކުރަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ކުއްޖާ އުފަންވީ އިރު އުމުރުން އެންމެ 26 ހަފްތާ ކަމަށެވެ.

ތުއްތު މައިރީނަށް ވެންޓިލޭޓަރުގައި 25 ދުވަސް ވަންދެން ފަރުވާ ދިން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ރެސްޕިރޭޓަރީ ސަޕޯޓުގައި ތުއްތު މައިރީނަށް ފަރުވާދީފައި ވަނީ އޭނާއަށް އެއް މަސް ފަހުންނެވެ.

މައިރީނަށް ދެ މަހުގައި އޭނާއަށް އޮކްސިޖަން ތެރަޕީ ދިން ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ.

އޮކްސިޖަން ތެރަޕީ މައިރީނަށް ދިނުން ހުއްޓައިލައިފައި ވަނީ އުމުރުން ތިން މަހުގައެވެ.

އޭޑީކޭއިން ދިން ފަރުވާއަށް ފަހު މައިރީން ގެއަށް ދޫކޮށްލައިފައި ވަނީ އުމުރުން ހަތަރު މަހުގައެވެ.

https://twitter.com/ADKHospital/status/1461015996387315716?s=20

ނަމަވެސް އުމުރުން ފަސް މަހުގައި، ބްލަޑް ޓްރާންސްފިއުޝަނަށް މައިރީން އަނެއްކާ ވެސް ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.

މައިރީންގެ އުމުރުން މިހާރު ހަ މަހުގައި، އެ ތުއްތު ކުއްޖާ ދިރިއުޅެމުން ދަނީ އޭނާގެ އާއިލާގެ ގާތުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް