Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަހީނު ކުރީ އެމްއެންޑީއެފް މީހަކަށް ވީމަ ކަމަށް ނުބެލެވޭ: ފުލުހުން

ރަހީނު ކުރީ އެމްއެންޑީއެފް މީހަކަށް ވީމަ ކަމަށް ނުބެލެވޭ: ފުލުހުން

ސިފައިންގެ މީހަކަށް ރަހީނުކޮށް، އަނިޔާކުރުމަށް ފަހު އެއްލައިލައިފައި ވަނީ އެމީހާއަކީ ސިފައިންގެ މީހަކަށްވުމުން ކަމަށް މިހާތަނަށް ކުރި ތަޙްޤީޤުން ހާމަނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމް ރަހީނުކުރުމަށް ފަހު އެއްލައިލި މައްސަލަ ފެންމަތިވެފައި ވަނީ މިއަދުއެވެ. މިކަން ހިނގައިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ރަހީނުކޮށްފައި ވަނީ މާލެއިންކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިކަން ހިނގައިފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހައިތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށެވެ. 

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަޙީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހައިއިރު ހިނގާފައި ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ހަޑިގަނޑުގެ ފޮޓޯތައް މީސް މީޑިއާގައި އާންމުވެފައިވާއިރު ގައިގައި އެއްޗަކުން ތަޅައިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް