ދުނިޔެ

ޔުގެންޑާގައި ދިން ހަަމަލާތަކުގެ ތުހުމަތު ކުރެވޭ 5 މީހަކު މަރައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ އަލްޖަޒީރާ

މީގެ ތިން ދުވަސް ކުރިން ޔުގެންޑާގެ ވެރިރަށް ކަމްޕްލާގައި ޖާނުން ފިދާވެގެން ދިން ދެ ހަމަލާއެއްގެ ތުހުމަތު ކުރެވޭ 5 މީހަކު މަރައިލައިފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

3 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމް ވި މިހަމަލާއާ ގުޅުން ހުރި 21 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު މިހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން ވަނީ ނަގައިފައެވެެ.

އެގައުމުގެ ކައުންޓާ ޓެރަރިޒަމް އޮފިޝަލުން ވިދާޅުވިގޮތުގައި ހަމަލާގެ ތުހުމަތު ކުރެވޭ 5 މީހަކު މަރައިލައިފައި ވަނީ ނުޓްރޮކޯ ޕްރޮވިންސްގައެވެ. 5ވަނަ މީހާ މަރައިލައިފައި ވަނީ ވެރިރަށް ކައިރީ ފިލާ އުޅެނިކޮށްކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ. އަދި އެމީހާއަކީ ހައްދުފަހަނަ އަޅައިފައިވާ ފިކުރުގެ މީހެއްކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ވެރިރަށް ކަމްޕްލާގެ ފުލުހުން ވިދާޅުވި ގޮތުގައި މިހަމަލާގައި 33 މީހުން ވަނީ ޒަހަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އަދި މީގެ ތެރެއިން 5 މީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ. އަދި މިހަމަލާ ދީފައި ވަނީ 3 މީހަކުވެގެން ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

ޔުގެންޑާގައި ދިން މިހަމަލާގެ ފުރަތަމަ ގޮއްވައިލުން ގޮއްވައިލައިފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައެވެ. އަދި ދެވަނަ ހަމަލާދީފައި ވަނީ އެ ގައުމުގެ ސެންޓްރަލް ޕޮލިސް ސްޓޭޝަން ކައިރީގައެވެ. އަދި ފުރަތަމަ ހަމަލާދީފައި ވަނީ ޗެކް ޕޮއިންޓެއް ގާތުގައި އެކަކު ކަމަށާއި މި ހަމަލާގައި ދެމީހުން މަރުވެފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި ދެވަނަ ހަމަލާދީފައި ވަނީ ދެމީހަކު ވެގެން ސައިކަލެއް ދުއްވައިފައި ދަމުންކަމަށާއި މިހަމަލާގައި އެކަކު މަރުވެފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!