ޚަބަރު

ވެކްސިނާ އެކު މާ ބޮޑަށް ފަރުވާ ކުޑަކޮށްލެވިއްޖެ: ޑަބްލިއުއެޗްއޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް ނުނިމޭ ކަމަށާއި، ބައެއް މީހުން ވައިރަހުގެ ވެކްސިން ޖެހުމަށްފަހު ބަލި ނުޖެހޭ ކަމަށް ދެކިގެން އުޅޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބުދަ ދުވަހު ޖެނީވާގައި ބޭއްވި ނިއުސް ބްރީފިންއެއްގައި ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވީ ވެކްސިން ފުރިހަމަ ކުރި ގިނަ ބަޔަކު ވިސްނަމުން ދަނީ ގޯސްކޮށް ކަމަށެވެ. ވެކްސިން ޖެހިޔަސް ބަލިން މުޅިން ސަލާމަތް ނުވެވޭކަން ފާހަގަ ކުރައްވަން އޭނާ ވިދާޅުވީ، ވެކްސިން ޖެހިޔަސް ސަލާމަތީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ފަރުވާ ކުޑަކޮށްލެވިގެން ނުވާނެ ކަމަށެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކާއި މުޖުތަމައުތަކުގައި، ވެކްސިންތަކުން ބަލިމަޑުކަން ނިމުމަކަށް އައިސްފައިވާކަމުގެ ދޮގު އިހްސާސް ކުރެވޭތީ ކަންބޮޑުވޭ، ޖަހާފައި ތިބޭ މީހުން މާސްކް އެޅުމާއި ގައިދުރުކަން ނުބަހައްޓާކަން ފާހަގަވޭ" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވި އެވެ.

"ވެކްސިންތަކުގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތްކޮށްދޭ، އެކަމަކު ބަލި ފެތުރުމަށް އެއްކޮށް ހުރަސް ނާޅާ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ، ޑޭޓާއިން ދައްކާ ގޮތުގައި ޑެލްޓާ ވޭރިއަންޓް އައުމުގެ ކުރިން ވެކްސިންތަކުން ބަލި ފެތުރޭ މިންވަރު ގާތްގަނޑަކަށް 60 ޕަސެންޓް ދަށްކުރެވުނު ކަމަށާއި، ނަމަވެސް ޑެލްޓާ ވޭރިއަންޓާ އެކު، އެ އަދަދު ގާތްގަނޑަކަށް 40 ޕަސެންޓަށް ތިރިވެއްޖެކަމަށެވެ. މިހާރު ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ފެތުރެމުންދަނީ ޑެލްޓާ ވޭރިއަންޓް ކަމަށް ވިދާޅުވަމުން، ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ އާޚިރު ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިވަރަށް ސާފުކޮށް މިވާހަކަތައް ބުނެވެން ނެތް: ވެކްސިން ދިން ނަމަވެސް އަމިއްލައަށް ބަލި ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކުރިއަށް ގެންދިއުން، އަދި މަރުވެދާނެ އެހެން މީހަކަށް އިންފެކްޓްވުން."

  1. ރައްޔިތުމީހާ

    ފަރުވާކުޑަކުރީ ސަރުކާރުން