Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިސްކިތެއްގެ ފަންކާގައި އަންނައުނު ހިއްކަން އެޅުވި މީހެއް ހައްޔަރު ކޮށްފި

މިސްކިތެއްގެ ފަންކާގައި އަންނައުނު ހިއްކަން އެޅުވި މީހެއް ހައްޔަރު ކޮށްފި

މާލޭގެ މިސްކިތެއްގެ ފަންކާގައި އަންނައުނުތަކެއް ހިއްކަން އެޅުވި މީހެއް ހައްޔަރުކޮށްފިއެވެ.

އަންނައުނު ހިއްކަން އަޅައިފައި ވަނީ ކޮން މިސްކިތެއްގައި ކަމެއް ސާފެއް ނުވެއެވެ.

މި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ. މިއަމަލު ހިންގައިފައި ވަނީ، އިބްރާހީމް އަހުމަދު ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ މީހެކެވެ.

Advertisement
HDC — Sidebar (box)

މިސްކިތުގެ ފަންކާގައި އަންނައުނު ހިއްކަން އަޅުވަން މަސައްކަތް ކުރި ކަމަށް ކޯޓުގައި އޭނާ ވަނީ އިއުތިރާފްވެފައެވެ.

ބަންދުގައި ބަހައްޓައިގެން އެ މައްސަލަ ބަލަން ނިންމީ، އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ކަމަށް ވާތީއާއި މިސްކިތުގެ ހުރުމަތް ކެނޑި ކަަމަށް ކޯޓުގައި އިއުތިރާފް ވުމުންނެވެ.

ފަހަކަށް އައިސް މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުތައް ބަހައްޓާ މީހުންދަނީ އިތުރުވަމުންނެވެ. ދާދިފަހުން، ޚަތިމަކަށް ކުޅުޖަހާ، މިސްކިތަށް ކުޑަކަމު ދިޔަ މީހެއް ވެސް ހައްޔަރުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް