ކުރީގެ ހަތަރު ރައީސުންނަށް މިއަންނަ އަހަރު 15.7 މިލިޔަން ރުފިޔާ

ރާއްޖޭގައި ކުރީގައި ވެރިކަންކޮށްފައިވާ ހަތަރު ރައީސުންނަށް އަންނަ އަހަރު 15.7 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، ރާއްޖޭގައި ރައީސްކަންކޮށްފައިވާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކާއި އޮފީސް ހިންގުމުގެ ޚަރަދާއި ބޭސްފަރުވާ ޚަރަދު ދޭން ޖެހެއެވެ. މިގޮތުން، އެއް ދައުރު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާ އަދި އެއް ދައުރަަށް ވުރެ ގިނަ އަހަރު ވެރިކަންކޮށްފައިވާ ފަރާތްތަކަށް މަހަކު 75،000 ރުފިޔާ ދޭން ޖެހެއެވެ. މީގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ޚަރަށް 50،000 ރުފިޔާ ދޭން ޖެހޭއިރު، އޮފީސް ހިންގުމުގެ ޚަރަދަށް 175،000 ދޭން ޖެހެއެވެ. އަދި ބޭސް ފަރުވާއަށް އަހަރަކު 700،000 ދެއެވެ.
ރައީސް މައުމޫން އަބްދުލް ޤައްޔޫމް

ރައީސް މުޙައްމަދު ނަޝީދު

ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު

ރައީސް ޔާމީން އަބްދުލްޤައްޔޫމް

ހަތަރު ރައީސުންގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމަށެވެ. މިގޮތުން އެމަނިކުފާނަށް މަހަކު 300،000 ރުފިޔާ ލިބޭއިރު، އަހަރަކު 4.3 މިލިޔަން ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ރައީސްކަން ކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގަންވާ މުސާރަ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ނުނަންގަވާ ކަމަށް މަޖިލީހުން ކުރިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އޮފީސް ހިންގުމަށް 175،000 ނަންގަވައެވެ. އަދި މަޖިލީހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 73،125 ރުފިޔާ ނަންގަވައެވެ. މިއާއެކު ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދެއްވާ އިނާޔަތް ނުނަންގަވާ ނަމަ ދައުލަތުން މަހަކު 248،125 ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެއެވެ. އެއީ އަހަރަކު 2.9 މިލިޔަން ރުފިޔާއެވެ. ހުރިހާ އިނާޔަތެއް ނަންގަވާ ނަމަ 348،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އެއީ އަހަރު 4.1 މިލިޔަން ރުފިޔާއެވެ.
ރައީސް ނަޝީދު ވެރިކަމުން ފައިބައިވަޑައިގަތުމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި، ރައީސް ވަހީދަށް އަހަރެއްގެ މައްޗަށް 3.4 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އެއީ މަހަކު 225،000 ރުފިޔާއެވެ.
ރައީސް ޔާމީނަށް 2019 ވަނަ އަހަރު ނޮވެންބަރު މަހު ހުކުމް ކުރުމާ ގުޅިގެން ރައީސް ޔާމީނަށް ދެއްވަމުން ގެންދަވާ އިނާޔަތާއި ސެކިއުރިޓީ ވަނީ މެދު ކަނޑައިލައިފައެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިއްޔެ ސްޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން، ރައީސް ޔާމީނަށް ލިބެން ޖެހޭ އިނާޔަތްތައް އަލުން ވަނީ ދޭންފަށައިފައެވެ. އަންނަ އަހަރަށް ލަފާ ކުރި ބަޖެޓްގައި ރައީސް ޔާމީނަށް ދޭން ޖެހޭ ޚަރަދު ކަނޑައަޅައިފައި ނެތުމުން، އެކަން ކުރާނީ ކޮންޓެންޖެންސީ ބަޖެޓުން ކަމަށް ފިނޭންސުން ހާމަކުރެއެވެ.
ނަސޭދުވެރިކަން ކުރެއްވީ ތިންއަހަރުނޫިތަ
ދިވެހިރާއްޖޭގައި އަބަދުވެސްވެރިންނަކީ މަކަރާއިހީލަތުން ރައްޔިތުންނަށް އެއްވެސްއޯގާތެރިކަމެއްނެތި ރައްޔިތުންގެ ލޭ ބޯބައެކެވެ މަޖިލީހާއި ބާރުހުރިމީހުނަށް ބަހައިގެންވެސް މިކަންކުރާނެއެވެ ކޮއްމެވެރިއެއްގެވެސް ގެދޮރުހިރެއެވެ މަހެއްގެމައްޗަށް 500000ރުފިޔާއާއި ސިކިއުރިތީދިނުމުން އެކަންއެނިމުނީއެވެ
ވީމަދެން ވެރިކަން ކުރާމީހުންޢިތުރު ނުކުރުން.ރަގަޅުވާނީ