ބޮލީވުޑް މުނިފޫހިފިލުވުން

ހީލްސްއަކާ އެކު އިސްޓާކީނަށް އަރާފައި ހުރުމުން ދީޕިކާއަށް ފުރައްސާރައާ ކުރިމަތިލާން ޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާންމުގޮތެއްގައި އެންމެ ރީތިކޮށް ހެދުން އަޅާ ބޮލީވުޑްގެ އެއް އެކްޓްރެސް ކަމުގައިވާ ދީޕިކާ ޕަދުކޯން އެއާޕޯޓަށް ދިޔަ އިރު ލައިގެން ހުރި ހެދުމެއްގެ ސަބަބުން އޭނައަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެއްޖެއެވެ.

Ads by MWSC

ދާދި ފަހުން ދީޕިކާ އެއާޕޯޓަށް ދިޔައީ އޯވަރ ސައިޒް ޑެނިމް ޖެކެޓަކާއި ފަޔަށް ދޫ ޑެނިމް ޖީންސެއް ލައިގެނެވެ. ނަމަވެސް މީހުންގެ ލޮލުގައި ބޮޑަށް އަޅައިގަތީ ހީލްސްއަށް އަރައިގެން ހުރެ ދީޕިކާ އިސްޓާކީނަކަށް އަރައިފައި ހުރީމައެވެ.

ދީޕިކާ މިފަދައިން ހެދުން އެޅުމުން މީސް މީޑިއާގައި އެތައް ބަޔަކު ވަނީ އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައެވެ. އެގޮތުން އެކަކު ބުނެފައި ވަނީ، އެއާޕޯޓަށް ދާން އަވަސް ކުރަން ވެގެން ދީޕިކާ ރަންވީރްގެ ހެދުން ލައިގެން، ހަނދާން ނެތި ބޫޓުގެ ބަދަލުގައި ފައިވާނަކަށް އަރައިގެން ދިޔައީ ކަމަށެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ތަފާތުކޮށް ހެދުން އަޅާ އެކްޓަރެއްގެ ގޮތުގައި ގިނަ މީހުން ފާހަގަ ކޮށްފައި ވަނީ ދީޕިކާގެ ފިރިމީހާ ރަންވީރް ސިންގއެވެ. ނަމަވެސް ފަހަކަށް އައިސް ދީޕިކާގެ ހެދުން އެޅުމުގެ ސްޓައިލަށް ވެސް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ގިނަ މީހުން ބުނެފައި ވަނީ އެއީ ރަންވީރްގެ ސަބަބުންވީ ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!