Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަހަރީ ފީ ނުދައްކާ 3،900 އަށް ވުރެ ގިނަ ކުންފުނި އުވައިލަނީ

އަހަރީ ފީ ނުދައްކާ 3،900 އަށް ވުރެ ގިނަ ކުންފުނި އުވައިލަނީ

އަހަރީ ފީ ނުދައްކާ 3،967 ކުންފުންޏެއް އުވައިލާން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުވައިލާން ކަނޑައަޅައިފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. އެ ކުންފުނިތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް އަންނަ މަހުގެ 31ގެ ކުރިން ކުންފުނި ހިންގަން ބޭނުންވާކަން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ ކުންފުނިތައް އުވައިލާން ނިންމީ ކުންފުނި އުވައިލުމަށް ރަޖިސްޓް އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2ވަނަ މާއްދާގެ (1)ގެ ދަށުން އަހަރީ ފީ ދައްކާފައި ނުވާތީ ކަމަށެވެ.

Advertisement
HDC — Sidebar (box)

އުވައިލާން ނިންމައިފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ މައްޗަށް، ދަރަންޏެއް، ދައުވާއެއް ނުވަތަ އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮތް ނަމަ އެކަމާ ގުޅޭ ތަފްސީލު، 31 ޖެނުއަރީގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް