ޚަބަރު

މަޙްމޫދުގެ މަރު: މަރައިލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ސާލިމް އިއުތިރާފުވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަޙްމޫދުގެ މަރާ ގުޅިގެން ހައްޔަރު ކުރި ސާލިމް/ ފޮޓޯ: މިހާރު

އދ. ދަނގެތީ، މޮނަލާލްސް މަޙްމޫދު އަބޫބަކުރު މަރައިލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އިއުތިރާފު ވެއްޖެއެވެ.

Ads by STELCO

މި މައްސަލައިގައި މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، މަޙްމޫދު މަރައިލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ސާލިމް ، ތަހުގީގުގައާއި ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މަޙްމޫދު މަރައިލުމުގައި ސާލިމްގެ އިތުރުން އެހެން މީހަކު ބައިވެރިވެފައި ނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މަޙްމޫދުގެ މަރާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، މަޙްމޫދުގެ ހަށިގަނޑުގައި 30އަށް ވުރެ ގިނަ ޒަހަމްތަށް ހުރި ކަމަށާއި ތަހުގީގަށް މަޙްމޫދުގެ ބައެއް (ޕާސަނަލް) މުދާތައް ވެސް ސާލިމްގެ އަތުން ތަހުގީގަށް ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މަޙްމޫދާއި ސާލިމް އެ ރޭ ބައްދަލު ކުރުމަށް ފަހު، ބަހުގެ ހަމަލާތަކާއި ތޫނު އެއްޗަކުން ހަމަލާ ދިންކަން ވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި މަޙްމޫދު އެ ރޭ ސާލިމްއާ ބައްދަލުކުރިތާ ފަސް ގަޑިއިރު ފަހުން، ސާލިމް މަޙްމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ދަނިކޮށް ސީސީޓީވީ ފުޓޭޖަށް ފެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަހްމޫދުގެ ހަށިގަނޑު ގެންގޮސް ވަޅަކަށް ވައްޓައިލާން ގެންދިޔައީ އެރޭގެ މެންދަމު 2 ޖެހި ފަހުން. އެ ރޭ ރަށު ތެރެއިން މި ނޫނީ ޝައްކު ކުރެވޭ އެއްވެސް މަންޒަރެއް ފެންނާކަށް ނެތް" ފުލުހުން ވިދާޅުވިއެވެ.

މަޙްމޫދު މަރައިލުމުގައި ސާލިމް ނޫން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ތަކުރާރުކުރައްވަމުން ފުލުހުން ވިދާޅުވީ، ދަނގެތީގައި މީގެ ކުރިން ހިނގި ވައްކަމެއްގައި ވެސް ސާލިމް ބައިވެރިވެފައި ވާކަމަށާއި އެ މައްސަލަ ވަކިން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

  1. ކަނި

    މަށަށް ކުރިންވެސް އެނގޭ ފައިސާގެ ދަހިވެތިކަމުގައިހިންގާފައިވާ ކަމެއްކަން