Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެއަށް

އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެއަށް

ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް މިއަދު ރާއްޖެއަށް އައިސްފިއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިން މިއަދު ރާއްޖެއަށް އައީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން"ގެ ތަމްރީނުގައި ބައިވެރިވުމަށެވެ. މިއީ 2009ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ތަމްރީނު ޕްރޮގްރާމެކެވެ.

މާދަމާ ފެށޭ މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19ގެ ނިޔަލަށެވެ.

Advertisement
Ooredoo — Square (box)

"އެކްސަސައިޒް އެކުވެރިން" ތަމްރީނުގައި ރާއްޖެއާއި އިންޑިއާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމާއި ތަޖުރިބާ ހިއްސާކުރުން ކުރިއަށް ގެންދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމާ ގުޅޭ ބައެއް މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް