ކޮވިޑް-19އާ ދެކޮޅަށް ފައިޒާއިން އުފެއްދި ބޭސް ގުޅަ ވަރަށް ކާމިޔާބު
ފައިޒަރ އިންކްއިން އުފައްދައިފައިވާ ކޮވިޑް-19ގެ އެންޓިވައިރަލް ޕިލްއަކީ 90 ޕަސެންޓާ ހަމަށް އެފިކަސީ ހުރި ޕިލްއެއް ކަމަށާއި އެންމެ ފަހުން ހެދި ލެބް ޑޭޓާތަކުން ދައްކާ ގޮތުގައި މި ޑްރަގަކީ ކޮރޯނާ ވައިރަހުގެ އޮމިކްރޮން ވޭރިއަންޓާ ދެކޮޅަށް ވެސް އިފެކްޓިވް ޑްރަގެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ފައިޒާއިން މިދިޔަ މަހު ބުނި ގޮތުގައި ޕްލެސީބޯއާ އަޅައިބަލާއިރު، 1200 އެއްހައި މީހުންގެ ވަގުތީ ނަތީޖާގެ މައްޗަށް ބިނާކޮށް، މި ބޭސް ގުޅަ ބޭނުން ކުރުމުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ނުވަތަ މަރުވާ މީހުން ހުއްޓުވުމުގައި 89 ޕަސެންޓް ކާމިޔާބެވެ. އަދި އަންގާރަ ދުވަހު ހާމަކުރި އެންމެ ފަހުގެ ތަހުލީލުތަކުގެ ޑޭޓާތަކުގެ ތެރޭގައި އިތުރު 1000 މީހުން ހިމެނެއެވެ.
މި ޓްރައިލްގައި، ޕްލެސީބޯ ލިބުނު މީހުންގެ ތެރެއިން 12 މީހަކު މަރުވި އިރު، ފައިޒަރގެ ފަރުވާ ލިބުނު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
ފައިޒަރ ޕިލްސްއަކީ އަލާމާތްތައް ފެންނަން ފަށާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަށާ ކޮންމެ 12 ގަޑިއިރަކުން 12 ގަޑިއިރަކުން އެންޓިވައިރަލް ރިޓޯނަވިރްއާ އެކު ނަގާ ބޭހެކެވެ. މި ބޭހަށް ހުއްދަދީފި ނަމަ މި ފަރުވާ ވިއްކާނީ ޕެކްސްލޮވިޑްގެ ނަމުގައެވެ.