Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ލާމު އަތޮޅުގެ ސްކޫލުތަކުގެ އިސްވެރިންނަށް މައުލޫމާތު ފޯރުކޮށްދީފި

ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ލާމު އަތޮޅުގެ ސްކޫލުތަކުގެ އިސްވެރިންނަށް މައުލޫމާތު ފޯރުކޮށްދީފި

ޔޫތު މިނިސްޓްރީން ލ.އަތޮޅުގައި ކުރިއަށް ގެންދާ "ހަފްތާރެސް" ޕްރޮގުރާމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލާމު އަތޮޅުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށާއި ލީޑިންގ ޓީޗަރުންނަށް ދީފިއެވެ.

ލ. އަތޮޅުގެ އެކި ރަށްތަކުގެ ސްކޫލުތަކުގެ ބައިވެރިވުމާ އެކު، މިއަދު ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ކަމާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

މިގޮތުން މިއަދު ކުރިޔަށް ގެންދިޔަ ސެޝަންގައި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންޞޫރު ވަނީ ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ތައުލީމީ ދާއިރާގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، ހަރުކަށި ފިކުރުގެ ޓާކެގްއަކަށް ސްކޫލުތައް ވަމުންދާ ކަމަށާއި އެފަދަ ނުފޫޒުތަކުން ކުދިން ރައްކާތެރިކޮށް މުޖުތަމައު ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި ސްކޫލުތަކުގެ މުދައްރިސުންނާއި ނާޒިރުންގެ ދައުރުގެ ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވަމުން، ވިދާޅުވީ، އެންސީޓީސީގެ ފަރާތުން ތައުލީމީ ދާއިރާއާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީން ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްޕުޅަށް މަންސޫރުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

[caption id="attachment_131308" align="alignnone" width="1024"]<img class="wp-image-131308 size-large" src="https://cdn.dhen.mv/wp-content/uploads/2021/12/photo_2021-12-19-11.32.00-1024x661.jpeg" alt="" width="1024" height="661" /> ޒަކަރިއްޔާ މަންސޫރު މައުލޫމާތު ދެނީ[/caption]

ހަރުކަށި ފިކުރަށް ތަބާވާ ފަރާތްތައް ލާމު އަތޮޅުގައި ތިބި ކަމަށާއި އެފަދަ ފަރާތްތަކުން މިހައިތަނަށް ދީފައިވާ ހަމަލާތަކުގައި ލާމު އަތޮޅުގެ މީހުންގެ ބައިވެރިކަން އޮތްކަން ފާހަގަ ކުރައްވަމުން އެގޮތަށް އެކަން ވިޔަ ނުދޭން ކުރެވެން އޮތް މަސައްކަތެއް ކުރުމަށް އަތޮޅުގެ މަދަރުސާގެ ވެރިންގެ ކިބައިން މަންސޫރު ވަނީ އެދިލައްވައިފައެވެ.

މިއަދުގެ ސެޝަންގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވަނީ ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވުން ހުއްޓުވުމަށް ސްކޫލުތަކުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން، ވޮރެންޓް އޮފިސަރު އައިޝަތު ޒީނާ ވަނީ މައުލޫމާތު ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް