Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގެ ބައެއް ކުޑަކުދިންގެ އިހުސާސްތަކުން ހާމަވީ ހިތްދަތިކަން!

ރާއްޖޭގެ ބައެއް ކުޑަކުދިންގެ އިހުސާސްތަކުން ހާމަވީ ހިތްދަތިކަން!

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކުރެހުމުގެ މައުރަޒެއްގައި، ކުޑަކުދިންތަކެއް ފާޅުކުރި އެ ކުދިންގެ ޝުޢޫރުތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި މި މައުރަޒުގައި ރާއްޖޭގެ ހުރިހާ ކަންކަޅުތަކުން ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިން ފާޅު ކުރި ބައެއް އިހުސާސުތަކުގައި އެދިފައި ވަނީ، އެ ކުދިންނަށް އޯގާތެރިވުމަށާއި އަޅައިލުން ދިނުމަށެވެ.

Advertisement
Ooredoo — Truecaller (box)

"އަހަރެމެންނަށް އެހީތެރިވެ އަޅައިލުންދޭށެވެ. ގޯނާ ނުކުރާށެވެ. ރައްކާތެރިކަމާއި ޙިމާޔަތް ދޭށެވެ. އަޅުވެތި ނުކުރާށެވެ. ތަފާތު ނުކުރާށެވެ. އަނިޔާ ނުކުރާށެވެ. ތަދުވެސް ނުކުރާށެވެ." އެ މައުރަޒުގައި ކުޑަކުދިން ފާޅުކުރި ބައެއް އިހުސާސްތަކުގައި ބުނެފައިވެއެވެ.

ފަސް ކީ ސްޓޭޖަކަށް ބަހައިލައިގެން ބައިވެރިވެވޭ ގޮތަށް ބޭއްވި މި ކުރެހުމުގެ މައުރަޒުގެ ތެރެއިން ބޮޑަށް ފެނިގެން ދިޔައީ، ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް އެކުދިން ކޮށްފައިވާ އާދޭހެވެ. ކުލަ ފިހީގެ ޒަރީޢާއިން އެކުދިން މަސައްކަތް ކޮށްފައި ވަނީ އެކުދިންގެ ހަޔާތަށް އެޅިފައިވާ ކަޅު ހިޔަނި ދުރުކޮށްލުމަށެވެ.

މި މައުރަޒު އިންތިޒާމު ކުރި ފަރާތްތަކުން ބުނީ އެ މީހުން ވެސް ސިއްސުވައިލި އެ ކުރެހެންތަކުގައި ހަގީގަތް އެކުލެވުނު މިންވަރުގެ ބޮޑުކަމުން ބައެއް ކުރެހުންތައް ރައްކާކުރަން ޖެހުނީ ޚާއްސަ ފައިލްތަކެއްގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް