ޚަބަރު

21/12/21, މާލޭގައި އެކަނި ، މިއަދު 57 ކާވެނި!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދު މާލޭގައި 57 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

Ads by STELCO

ފެމިލީ ކޯޓުން ބުނީ މިއަދު (21.12.2021) ފެމިލީ ކޯޓުން 57 ކާވެނި ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޯޓުގައި 28 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 29 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

މިއީ މިއަހަރު މިހައިތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި ޢަޤުދު ކޮށްދެވޭ ދުވަހެވެ.

ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ބެލެވޭ ގޮތުގައި މިއަދު ރާއްޖެ ތެރޭގެ އެކި ރަށްރަށުގައި ވެސް ކައިވެނި ކުރާނެއެވެ.

އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކައިވެނި ކުރާ ދުވަހަކަށް މިއަދު ވެގެން ދާ އިރު މިއަދަށް ތާވަލުކުރެވިފައިވާ ވަރީގެ މައްސަލަތައް ވެސް ވަރަށް ގިނައެވެ.

އެގޮތުން ވަރީގެ ޖުމްލަ 11 މައްސަލައެއް މިއަދު ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

ފެމެލީ ކޯޓުން މިއަހަރުގެ މިހައިތަނަށް ކުރި ކައިވެނިތަކުގެ އަދަދަކީ 2،308އެވެ. މިއަހަރު ދެވަނައަށް އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 21/01/21ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!