Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފި

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފި

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފިއެވެ.

އެކަމަނާ ރާއްޖެ ވަޑައިގަތީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

ބަނގްލަދޭޝްގެ ބޮޑު ވަޒީރު މިއަދު ރާއްޖެ ވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސަރުކާރުގެ ފަރާތުން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އަލީއެވެ.

Advertisement
Ooredoo — Square (box)

ދެ ދުވަހުގެ ކުރު މުއްދަތަކަށް ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަނގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ގެންދަން ނިންމަވައިފައިވެއެވެ.

މީގެ އިތުރުން ބަނގްލަދޭޝްއިން ރާއްޖެއަށް ޑޮކްޓަރުން ގެނައުމާ މެދު ދެ ޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ.

ޝެއިޚް ހަސީނާގެ މި ދަތުރުފުޅުގެ ތެރެއިން، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވަން ވެސް ވަނީ ނިންމަވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް