Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާދަމާގެ ޖަލްސާއަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދު ކުރަނީ

މާދަމާގެ ޖަލްސާއަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދު ކުރަނީ

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާއަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދު ކުރަން ނިންމައިފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސައިފައިވާ ޖުމްހޫރީ މައިދާން ސަރަހައްދު 26 ޑިސެންބަރުގެ ހަވީރު 5:30އިން ފެށިގެން އެކި ވަގުތުތަކުގައި އާއްމު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މާދަމާގެ ޖަލްސާއަށް ބަންދު ކުރަން ނިންމައިފައިވާ ސަރަހައްދު ހިމެނޭ ޗާޓެއް ވެސް ހިއްސާ ކޮށްފައެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ހިއްސާ ކުރި ޗާޓުގައި ފާހަގަކޮށްފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރުމަށް ފަހު، ފުލުހުން ވަނީ އެ ޒޯންތައް ހުސްކުރުމަށް ހަމަޖައްސާފައި ވާތީ މާދަމާ މެންދުރުފަހު 2:00ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދިނުމަށް އެދިފައެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މާދަމާ ބޭއްވޭ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާތަބު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް