ލައިފްސްޓައިލް

ހެނދުނުގެ ކޮފީތަށިން ބަރުދަން ލުއިކުރެވޭނެ ގޮތް މިއޮތީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ކޮފީ ބީންސްއާއި ލުނބޯ

ކޮފީ އެޑިކްޓަކަށް ވުމަކީ ކިހާ އުނދަގޫ ކަމެއްކަން އަހަރެމެން އެންމެންނަށް ވެސް އެނގެއެވެ. ދުވާލުގެ ކޮފީތަށި ނުބޮއެ ކޮފީ އެޑިކްޓުންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ކޮފީއަކީ ވެސް ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެއްޗަކަށް ވެދާނެއެވެ. އެއީ ހައިރާންކުރުވަނިވި ކަމެއް ނޫން ހެއްޔެވެ؟ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިންނާއި ޑައެޓިޝަނުން ވަނީ ކަޅު ކޮފީގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

Ads by STELCO

ދިރާސާއަކުން ދައްކާގޮތުން ބަރުދަން ލުއިކުރުމަށް ކެފެއިން އެހީތެރިވެއެވެ. އެއީ ކެފެއިންއަކީ މެޓަބޮލިކް އެކްޓިވިޓީ ޕްރޮމޯޓްކޮށް، ހަކަތަ ލެވެލް މަތިކޮށް، ބަނޑުހައިހޫނުކަން ފިލުވައިދިނުމަށް އެހީތެރިވެދޭ މާއްދާއަކަށް ވާތީއެވެ.ތިރީގައިމިވަނީ ބަރުދަންލުއިކުރަން ބޭނުންނަމަ ހެނދުނުގެ ކޮފީތަށި ތައްޔާރުކުރާނެ ދޮތްތަކެވެ.

ހައި ކޮލިޓީ ބްރޭންޑެއްގެ ކޮފީ ޚިޔާރުކުރުން

ކޮފީ ޕްރޮސެސްކުރުމަށް ބޭނުންކުރާ ގޮތްތަކާއި ކޮފީ ބީންސް އުފައްދާ ގޮތުގެ މައްޗަށް ބިނާވެ ކޮފީގެ ކޮލިޓީ ވަރަށް ބޮޑަށް ތަފާތުވެގެން ދެއެވެ. ކޮފީ ބީންސް ހެދުމަށް އާންމުކޮށް ބޭނުން ކުރަނީ އިންސާނުން ކެއުމަށް ބޭނުން ނުކުރާ ސިންތެޓިކް ޕެސްޓިސައިޑްސް އާއި އެހެނިހެން ކެމިކަލްތަކެވެ. ކޮފީގެ ޕެސްޓިސައިޑް ލެވެލްއާ މެދު ކަންބޮޑުވާ ނަމަ، ގަންނަން ޖެހެނީ އޯގަނިކް ކޮފީ ބީންސް އެވެ.

ކޮފީއަށް ފޮނިތޮށި އެޅުން

ފޮނިތޮށްޓަކީ ކޮފީގެ ރަހަތައް އިތުރަށް ފުރިހަމަކޮށްދޭ ވަރަށް މީރުވަސް ދުވާ ބާވަތެކެވެ. ފޮނިތޮށްޓަކީ ހަކުރު ބަލި އަދި އޮބޭސިޓީ ހުންނަ މީހުންގެ ލޭގައި ގްލޫކޯޒް، ކޮލެސްޓްރޯލް، އަދި ޓްރައިގްލައިސެރައިޑް މަދުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކޮފީއަށް ރަހައެއް އިތުރުކުރަން ބޭނުން ނަމަ ކުޑަ ފޮނިތޮށިކޮޅެއް އެޅުމުން ވަރަށް މީރުވާނެއެވެ.

ކޮފީއަށް ކޮކޯ އެޅުން

ކޮކޯއަކީ އެންޓިއޮކްސިޑެންޓްތައް ގިނަ ބާވަތެކެވެ. އަދި ބަރުދަން ލުއިކުރުން ފަދަ ސިއްހީ ތަފާތު ފައިދާތަކާ ވެސް ގުޅިފައިވާ އެއްޗެކެވެ. ފެޓް ރައްކާކުރުމުގެ ޒިންމާ އަދާކުރާ ފްރީ ރެޑިކަލްތައް ހަލާކުވުމުގައި އެންޓިއޮކްސިޑެންޓްތައް އެހީތެރިވެދީ، އަދި އައު ސެލްތައް އަލުން އުފައްދައި، އެންމެ އެކަށޭނަ ގޮތެއްގައި ޒަރޫރީ މަސައްކަތް ކުރުމަށް އެހީވެދެއެވެ. ކޮފީގެ ތެރެއަށް ރަހައެއް އިތުރުކުރުމަށް ކޮކޯ ޕައުޑަރުކޮޅެއް އެޅުމުން ކޮފީގެ ރަހަ އިތުރަށް ފުރިހަމަވެއެވެ.

މަދުން ހަކުރު އެޅުން

ކޮފީއަކީ އޭގެ އަމިއްލަ ޒާތުގައި ފައިދާހުރި އެއްޗަކަށް ވީ ނަމަވެސް، ހަކުރު އިތުރުކުރުމުން އެއީ ހަލާކުކުރަނިވި އެއްޗަކަށް ބަދަލުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަކުރުގައި ގިނަ އަދަދަކަށް ފްރަކްޓޯޒް އެކުލެވޭތީ ހަކުރު ބަލި، އޮބީސިޓީ އަދި ޑައިބެޓީސް ފަދަ ބޮޑެތި ބަލިތަކާ ގުޅިފައި ވެއެވެ. ހަކުރު ބޭނުންނުކޮށް ކޮފީނުބޮވޭ ނަމަ ގުދުރަތީ ސްވީޓްނާއެއް ކަމަށްވާ ސްޓެވިއާ ބޭނުންކުރުމުން ކޮފީގެ ރަހަ މީރުވާނެއެވެ.

ލޯ-ފެޓް ނުވަތަ އާޓިފިޝަލް ކްރީމާ ބޭނުން ނުކުރުން

ކޮމާޝަލް ލޯ-ފެޓް އަދި މެނުފެކްޗާ ކޮށްފައިވާ ކްރީމާތަކަކީ އާންމު ގޮތެއްގައި ވަރަށް ބޮޑަށް ޕްރޮސެސް ކުރެވޭ އަދި ޝައްކު ކުރެވޭ ބައިތައް ވެސް ހިމެނޭ ތަކެއްޗެވެ. ޑެއިރީ ކްރީމާގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރާ ނަމަ، ވިނަ ކައިއުޅޭ ގެރީގެ ކިރު ކޮފީއަށް އަޅާށެވެ. ކިރު ބުއިމަކީ ސިއްހަތަށް ފައިދާ ހުރި އަދި ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަކަށް ވިޔަސް، ކޮފީގައި ގިނައިން ހިމެނުމަކީ އެހައި ސްމާޓް ވިސްނުމެއް ނޫނެވެ. ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ކަޅު ކޮފީއަކީ އެންމެ ރަނގަޅު ކޮފީއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!