Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާފުށި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި

މާފުށި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި

ކ. މާފުށީ ރައްޔިތުން ޕިކްނިކް ދާން ހާއްސަ ކޮށްފައިވާ، އެ ރަށު ފަޅުތެރޭގައި އޮންނަ "ހިއްކި ބިން"، އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

މާފުށީ ކައުންސިލާ އެ ބިން މިއަދު ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ބިން ހަވާލު ކޮށްފައި ވަނީ އެކަމަށް ޓަކައި މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައި ވަނީ، މީގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެ މަސައްކަތް ކުރި ކޮންސެޕްޓަށް ނޫން ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓަރ އިތުރަށް ވިދާޅުވީ މާފުއްޓަށް އިތުރުކުރި 25 ހެކްޓަރު ހިއްކުމުގައި މާފުށީ ރައްޔިތުން ސަރުކާރާ އެކީގައި ކުރި މަޝްވަރާއާ އެކު އެގޮތަށް ހިއްކަން އެއްބަސްވުމަކީ އެ ރަށު ރައްޔިތުންގެ ދުރު ވިސްނުން ކަމަށެވެ.

"މިއީ ފުރަތަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ރަށާ ވަކިން ނުގުޅި، ގޮނޑުދޮށްތަކެއް އެއީ ހިއްކުމުގެ ބަޔެއްގެ ގޮތުގައި ހިމަނައިގެން ހިއްކި ރަށް،" ޕްލޭނިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫއު:

▪︎ ދެ ހެކްޓަރުގެ ބިން ވަނީ ހިއްކައިފައި

▪︎ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ވަނީ ގެންގޮސްފައި

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް