ބޮލީވުޑް

އިންޑިއާގެ މިނިވަންކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ކަންގަނާއާ ދެކޮޅަށް އިތުރު މައްސަލަތަކެއް

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ބަތަލާ ކަންގަނާ ރަނައުއަތު

އިންޑިއާގެ މިނިވަންކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތުއާ ދެކޮޅަށް ކުރިމަތިވާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

Ads by Hajj Corporation

މި އެކްޓްރެސްގެ "އިންޑިޕެންޑެންސް ބީކް ރިމާކް"ގެ ސަބަބުން ދެބަސްވުންތަކެއް އުފެދި މައްސަލަ ހޫނުވެފައިވާ އިރު އަނެއްކާ ވެސް އިތުރު ޝަކުވާއެއް ގެނުވި މައުޟޫއަކަށް މި މައުޟޫ ވެއްޖެއެވެ. ކަންގަނާ ރަނައުތު ދާދި ފަހުން ބުނެފައި ވަނީ 1947 ވަނަ އަހަރު އިންޑިއާގެ މިނިވަންކަން ލިބުނީ ހޭންޑްއައުޓްތަކުން ކަމަށެވެ. އަދި 2014ވަނަ އަހަރު އިންޑިއާއިން ވަނީ ހަގީގީ މިނިވަންކަން ހޯދައިފައިކަމަށް ވެސް އޭނާ ބުންޏެވެ. މި ވާހަކަތަކުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކަންގަނާ ރަނައުތުއާ ދެކޮޅަށް، ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ މައްސަލައެއް ހުށަހަޅަައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހަޅައިފައި ވަނީ މުމްބާއީ ކޮންގްރެސްގެ ޖެނެރަލް ސެކްރެޓަރީ ބާރަތު ސިންހެވެ.

އޭނާގެ ފަރާތުން އަޝިޝް ރާއީއާއި އަންކިތު އަޕަދިޔާ ވަނީ ވިލީ ޕާލޭ ޕޮލިސް ސްޓޭޝަނަށް މި މައްސަލަ ހުށަހަޅައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަންގަނާ ރަނައުތު އެއްވެސް ފަރުވާލެއް ނެތި ދައްކައިފައިވާ ވާހަކަތަކާއި އިންޓަވިއުތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްކާސްޓްކުރި ކަމަށާއި އިންޑިއާގެ ރައްޔިތުންނާއި ކުރީގެ ބޮޑެތި މިނިވަންކަމުގެ ހަނގުރާމަވެރިންނާއި ހީރޯއިންނާއި ކުރީގެ ލީޑަރުންގެ ގައުމީ ކަރާމާތާއި ޝަރަފަށް މި ވާހަކައިގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު އަދި ގައުމީ ކަރާމާތާ ހިލާފު ކަމެއް ކަމަށް ވެސް ވަނީ ސިފަކޮށްފައެވެ

ކަންގަނާގެ މި ސްޓޭޓްމެންޓްގެ ސަބަބުން އޭނާއާ ދެކޮޅަށް ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން އޭނާއަށް ލިބުނު ޕަދްމާ ޝްރީ އެވޯޑު އަނބުރާ ރައްދުކުރުމަށް ވެސް ގޮވައިލައިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!