ލައިފްސްޓައިލް

ދީނީ ނަސޭޙަތްދޭ ފަރާތްތައް، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަދު ބަސް ބުނުމުން އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިޔާސީ ކަންކަމާއި އިޖުތިމާއީ އެހެން ވެސް މައްސަލަތަކުގައި އެކަކު އަނެކަކަށް ހިޔާލު ފާޅު ކުރުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެކެވެ. ނަމަވެސް އެކަކު އަނެކަކަށް ބަސްބުނުމުގެ ކުރިން ވިސްނައިލުމަކީ ޒަމާނުއްސުރެ ހެޔޮ ވިސްނޭ މީހުން ދެމުން އަންނަ ނަސޭހަތެކެވެ.

Ads by Hajj Corporation

އަޅުގަނޑުމެންގެ ތެރެއިން އެންމެން ވެސް މިސާލު ނަގަން ތިބި އެންމެ މުހިންމު އެއް ބަޔަކީ ދީނީ ޢިލްމުވެރިންނާއި، ދީނީ ނަސޭހަތް އެކި ގޮތްގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭފުޅުންނެވެ. ސިޔާސީ ކަންކަމާއި އެހެނިހެން ކަންކަމުގައި ބަސް ބުނުމުގެ ހައްޤު އެ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެން ކުރިމަތިލާ މިދުވަސްވަރަކީ ވަރަށް ވެސް އުނދަގޫ ދުވަސްވަރެކެވެ. ހިޔާލު ފާޅު ކުރުމުގެ ތެރެއިން ބައެއް ދީނީ ޢިލްމުވެރިން އެ ބޭފުޅުންގެ ހިޔާލު ފާޅު ކުރުމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގައު އުކާ މަންޒަރެވެ. ދީނުގެ ދިފާއުގައި ކަމަށް ވިދާޅުވެ ދީނުގެ ރިވެތި އަޚްލާޤު އެއްކިބާކުރައްވައި ޒާތީވެ ވަޑައިގަންނަވާ މަންޒަރެވެ.

ޝެއިޚުންނާއި ދީނީ ނަސޭހަތް އާންމުންނަށް ފޯރުކޮށްދޭ ބޭފުޅުންނަކީ، އާދައިގެ ބައެއް ނޫނެވެ. އެބޭފުޅުންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ބަސްފުޅުތައް މުޖުތަމައުއަށް ހާމަކޮށްދޭ ވާރިޘުންނެވެ. ވީއިރު އެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނިސްބަތްކޮށް، ނުބައި ވީހައި ނަންނަމުން ގޮވާ މަންޒަރު ފެނުމަކީ ނުހަނު ލަދުވެތި އަދި އެހާމެ ހިތްދަތި ކަމެކެވެ. އަދި އެބޭފުޅުން މިފަދައިން ކަންތައް ކުރުމުން އާންމު ރައްޔިތުން ވެސް އެފަދައިން ޢަމަލު ކުރުމަށް ބާރު ލިއްބައިދޭކަމީ ވެސް ހިތާމައިގެ ކޮޅެއް ވެސް ނެތްހައި ދެރަކަމެކެވެ.

ދީނީ ޢިލްމުވެރިންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމައުގައި އެބޭފުޅުންގެ ބަސް ނުވިކި، މުޅި ރާއްޖެ ޖާހިލިއްޔައިގެ ކިއްލާއެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑެވެ. އިސްލާމްދީނުގެ ރިވެތިކަމުގެ ސިއްރަކީ މަކާރިމުލް އަަޚްލާޤެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ދެއްކެވި އަޚްލާޤުގެ ހަމަތަކަކީ އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް އެކަލޭގެފާނުގެ ޝަޚްސިއްޔަތު ކާފިރުންގެ ސަމާލުކަމަށް ވެސް ގެނުވި އެއްޗެކެވެ. މަޝްވަރާ ކުރެއްވުމުގައްޔާއި މީހުންނަށް މަގުދެއްކެވުމުގައި ގެންގުޅުއްވީ ކޮންފަދަ ރިވެތި އަޚްލާޤެއްތޯއެވެ. އެކަން އަޅަމެން ފަދަ އާދައިގެ މީހުންނަށް ވުރެ ބޮޑަށް އެނގިވަޑައިގަންނަވާނީ ވެސް ޢިލްމުވެރިންނަށެވެ.

މި ޤައުމު މިހާރު މިވަނީ މަސްތުވާތަކެއްޗާއި ފާހިޝް ޢަމަލުތަކުން އަރައިނުގަނެވޭ ވަރަށް ހަލާކުވެފައެވެ. ގިނަ ޒުވާނުން މިވަނީ މިފަދަ ޢަމަލުތަކުގައި ޖެހި، އެމީހުންގެ މުސްތަޤުބަލާ މެދު ވެސް ރަނގަޅަށް ނުވިސްނައި، އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލައިފައެވެ. މިފަދަ ކަންކަމުން އެމީހުން ސަލާމަތް ކުރެވޭތޯ މަސައްކަތްކޮށް، މަގު ދައްކައިދޭން ތިބި އެއް ބަޔަކީ ވެސް ހަމަ ދީނީ ޢިލްމުވެރިންނެވެ. އެހެންކަމުން މަގު ދައްކައިދޭން ތިބި ބޭފުޅުންގެ ޢަމަލުތައް ވެސް ރިވެތިކޮށް ބެހެއްޓުމަކީ، އެބޭފުޅުން ދެއްވައި ނަސޭހަތް ޤަބޫލު ކުރަން އެހެން މީހުންނަށް ބޮޑަށް ފަސޭހަވާނެ ކަމެކެވެ.

އިސްލާމީ ވަހުދަތު މިޤައުމުގައި ދެމެހެއްޓޭނީ ދީނީ ޢިލްމުވެރިން މިކަމުގައި އިސްނަންގަވައިގެންނެވެ.

  1. ބަކުރު

    ޢަލީ ރަމީޒު ދީނީ ޢިލްމުވެރިއަކަށްވީ ކޮންގޮތަކުންތޯ؟ މިހެން މި އަހާލީ ދީނީ ޢިލްމު އުނގެނި ޝައިޚުންގެ ތެރޭގައި ހިމެނިފައިވާތީވެ

    • މުހައްމަދު

      ކަލޯ އައްޔަ އަތުގަ އޮންނާނެ ސަނަދު! ދޭބަލަ އެގެޔަށް

      • ނައިކް

        ދީނީ ފަތުވާ ދިނުމުގެ ސަނަދު އެއްވެސް އިރަކު އޭނާ އަށް ދީފަ އޮތްކަން ފެންނާކަށް ނެތް.. މިނިސްޓްރީން ސާފުވާނެ މިކަން

  2. ހާޝިގުޖީ

    ދީނީ އިލްމުވެރިން ކޮންއިރަކުތޯ ތިބުނާގޮތަށް އެއްޗެހި ކިޔުއްވީ؟

  3. ހުދުހުދު

    އަމާން ކަމާއެކު އިސްލާމް ދީނާއި ދިވެހި ގައުމު ގެންދަން ބޭނުންނަމަ މިހާރު ފެންނަންތިބި ސިޔާސީ ލީޑަރުންގެ ތެރޭގައި ފެންނަންހުރި ބޭފުޅަކީ ހަމައެކަނި ޢުމަރު ނަޞީރު.އޭނާއަކީ އިޤުތިޞާދު ވެސް ދަންނަ މުރާލި ބޭފުޅެއް.

  4. ކަންނެލި

    ވަކި ފިކުރެއްގަ ޖެހި ހުސްވެފަތިބި ކަންނެލި ސޭކުންތަކެއް.. އިޔާޒު މި ފޫހި މީހަކަސް އޭނާ ވަރަށް އިސްވެ އަދި ފާޅުކަން ބޮޑުކޮށް އެއްޗެތި ނުކިޔާ ދެން ތިބި މީހުންނަށް.. ރަށްދެއް ދެނީ.. އަލީ ރަމީޒުގެ ޒާތީ ބައި ވަރަށް ބޮޑު ސުޕްހައަށް ލޯބި ކުރުމެއް ނެތް.. ހައިރާނެއް ނުވޭ އެއީ އިލްމުވެރިއެއްވެސް ނޫން..

  5. ސިޔާސީ އިޖުތިމާޢީ ޢިޤުތުސާދީ ކަންކަމުގައި އެހާ ނެގެޓިއު ނުވެ ޕޮޒިޓިއު ކޮށް ތިއްބަވާ !

  6. އަޙްމަދް

    އަލީ ރަމީޒު އަތުގައި މަދަހަކިއުމުގެ ސަނަދު އޮވެދާނެ ތޯއްޗެ!