ދުނިޔެ

މުމްބާއީގައި ކޮވިޑު ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ މުމްބާއީގައި ކޮވިޑް19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ސަމާލުވުމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

މުމްބާއީއިން ހޯމަ ދުވަހު 8082 މީހުން ކޮވިޑް-19އަށް ފައްސިވެފައިވާއިރު، ފައްސިވާ ރޭޓް ހުރީ 16.39 އިންސައްތައިގައެވެ. ފާއިތުވި 24ގަޑިއިރުގެ ތެރޭގައި އެ ސިޓީން ވަނީ ކޮވިޑް ބަލީގައި ދެ މީހަކު މަރުވެފައެވެ. މިވަގުތު މުމްބާއީގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ޖުމްލަ 37،274 މީހުން އެބަތިއްބެވެ.

މުމްބާއީއިން ހޯމަ ދުވަހު ވަނީ އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފައެވެ. ބީއެމްސީގެ އެގްޒެކެޓިވް ހެލްތު އޮފިސަރު ޑރ މަންގަލާ ގޮމާރޭ ބުނީ، މި އުމުރުފުރާގެ ކުދިންނަށް 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާ ކަމަށާއި، ކޮންމެ ސެންޓަރަކީ ވެސް ދުވާލަކު 1500 ކުދިންނަށް ވެކްސިން ދިނުމުގެ ގާބިލްކަން ލިބިފައިވާ ސެންޓަރެއް ކަމަށެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާއިރު މަހަރަޝްތުރާއިން އާދީއްތަ ދުވަހު 11،877 މީހުންނަށް ކޮވިޑް-19 އަލަށް ޖެހި 9 މީހުން ވަނީ މަރުވެފައެވެ. އެ ސްޓޭޓުން އޮމިކްރޮން އައު 50 ވޭދަނަ ވަނީ ފާހަގަކުރެވިފައެވެ.  އަދި މިވަގުތު ކޮވިޑުގެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 42،024 މީހުން އެބަތިއްބެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!