Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފަތުރުވެރިން ހެދުން އަޅަންޖެހޭ ގަވާއިދުތައް ތޮއްޑޫ ކައުންސިލުން އާންމުކޮށްފި

ފަތުރުވެރިން ހެދުން އަޅަންޖެހޭ ގަވާއިދުތައް ތޮއްޑޫ ކައުންސިލުން އާންމުކޮށްފި

އއ. ތޮއްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިން، އެ ރަށު ތެރޭގައި އުޅޭއިރު ހެދުން އަޅަންވީ ގަވާއިދުތައް، ތޮއްޑޫ ކައުންސިލުން އެންމެންނަށް ފެންނާނެހެން އިއުލާނު ކޮށްފިއެވެ.

ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތުރުވެރިން ހެދުން އެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހަދައިފައިވާ ގަވާއިދުތައް، އެ ރަށުގެ ތަންތަނަށް ޗެކިން ވާއިރު ފެންނާނެހެން މިހާރު ހިއްޕައިފައިވާ ކަމަށެވެ.

"އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު، އެ ގަވާއިދުތައް ހިއްޕީ ހުރިހާ ގެސްޓުހައުސެއްގައި. ފަތުރުވެރިންނާއި އެހެން މީހުންނަށް ވެސް ފަސޭހައިން ފެންނާނެހެން އެ ގަވާއިދުތައް މިހާރު ހުންނާނީ ހަރުކޮށްފައި" ކަރަމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ތޮއްޑޫގައި މިހާރު ހިންގަމުންދާ 45 ގެސްޓްހައުސްގައްޔާއި ހަދަމުންދާ އިތުރު ދެ ގެސްޓްހައުސްގައި ވެސް މި ގަވާއިދުތައް ވަނީ އާންމުންނަށް ފެންނާނެހެން ހިއްޕައިފައެވެ. މީގެ އިތުރުން އެ ރަށުގެ އާންމު އެހެން ތަންތަނުގައި ވެސް އެ ގަަވާއިދުތައް މިއަދު ހިއްޕާނެކަމަށް ކަރަމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް