ބަނގުރާފުޅިތަކަކާ އެކު ތޮއްޑޫން މީހަކު ހައްޔަރު ކޮށްފި

ބަނގުރާފުޅިތަކަކާ އެކު އއ. ތޮއްޑޫ ގެސްޓުހައުސްއަކުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވަނީ ތޮއްޑޫގައި ހިންގަމުންދާ ޑައިވް ވިލާ ނަމަކަށް ކިޔައި ގެސްޓްހައުސްއެއް ރޭގެ ވަގުތެއްގައި ބަލައި ފާސް ކޮށްފައެެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތޮއްޑޫ ގެސްޓްހައުސްއެއް ޖެނުއަރީ 6ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާފުޅިތަކާ އެކު އުމުރުން 49 އަހަރުގެ ލެޓްވިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





.webp)

ކޮމެންޓް