ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލުން އިމިއުނޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ސްކިން ޕްރިކް އެލާޖީޓެސްޓު ހަދަނީ

ޓްރީޓޮޕް ހޮސްޕިޓަލުން އިމިއުނޯތެރަޕީގެ ހިދުމަތްދޭން ފަށައިފިއެވެ.

Ads by MWSC

މި ހިދުމަތަކީ ސްކިން ޕްރިކް އެލާޖީ ޓެސްޓިންއަށް ފަހު އެލާޖީއެއްގެ އަސަރު ފެންނަން ހުރި ނަމަ އެއަށް ފަރުވާ ދެވޭ ޚިދުމަތެކެވެ. ސްކިން ޕްރިކް އެލާޖީ ޓެސްޓަކީ ތަފާތު ވައްތަރުގެ ކުނޑިއަށާއި، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާޖިކް ވޭތޯ ބެލުމުގެ ގޮތުން ހަދާ ޓެސްޓެކެވެ.

ސްކިން ޕްރިކް އެލާޖީ ޓެސްޓިން ހިދުމަތުގެ އެހީގައި އެއްވެސް އެލާޖީއެއްގެ އަސަރެތް ހުރިތޯ ކުޑަ ވަގުތުކޮޅެއް ތެރޭގައި ބެލޭއިރު މި ޓެސްޓުގެ ނަތީޖާ ފައްސި ވެއްޖެ ނަމަ އިމިއުނޯތެރަޕީގެ ހިދުމަތް ދޭން ޖެހޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައި ވަނީ އިމިއުނޯތެރަޕީ ބޭނުންކުރާ ގޮތުގެ އިރުޝާދު ހޯދުމަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ދޭނީ ފަސް އަހަރަށް ބަހައިލައިގެންނެވެ. މި ހޮސްޕިޓަލުގައި ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅެނީ ކަރުންމަތީ ބަލިތަކުގެ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލްއާއި ފުއްޕާމޭގެ ހާއްސަ، ޑރ. ރަގުލާން ރާޖާލިންގަމްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!