ޚަބަރު

ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު ނެރެފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު

ރާއްޖޭގައި ހިންގާ ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.

Ads by Sosun Fihaara

ކުދި އަދި މެދުފަންތީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި އެންމެ ކުދި ފަންތީގެ ވިޔަފާރިއާއި، މެދުފަންތީގެ ވިޔަފާރިއާއި ކުދި ވިޔަފާރި ގިންތިކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން ވަކި ގިންތިއަކަށް ވިޔަފާރިތައް ކަނޑައެޅުމުގައި ބަލާނީ އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތްތަކަށެވެ.

ވިޔަފާރި ގިންތިކުރާނެ ގޮތް

* އެންމެ ކުދި ވިޔަފާރި (0-5 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ، ސާފު ފައިދާ 75،000ރ
* ކުދި ވިޔަފާރި (6-30 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ ރުފިޔާއިން ފަސް މިލިއަނާ ހަމައަށް، ސާފު ފައިދާ 75،000ރ. އާއި 750،000ރ. އާ ދެމެެދު
* މެދު ވިޔަފާރި (31-100 މުވައްޒަފުން) ފަސް މިލިއަން ރުފިޔާއާއި 20 މިލިއަން ރުފިޔާއާ ދެމެދު، ސާފު ފައިދާ 750،000ރ.އާއި ތިން މިލިއަން ރުފިޔާއާ ދެމެދު

މި ގަވައިދު ނެރުމާ އެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާ އިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޯގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތިތައް އިކޮނޮމިކް މިނިސްޓްރީއިން މުރާޖައާކުރާނެއެވެ. އަދި އެއަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެ ބަދަލު އެނގޭނެ ގޮތަށް އެ ވިޔަފާރިއެއްގެ ގިންތި ރިކޯޑު ކުރަން ޖެހެއެވެ.

މީގެ އިތުރުން ވިޔަފާރިއެއް ގިންތިކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!