Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދީނަށް ފުރައްސާރަކުރި ރުސްތުމްގެ މިއަދުގެ އަޑުއެހުން ކެންސަލް

ދީނަށް ފުރައްސާރަކުރި ރުސްތުމްގެ މިއަދުގެ އަޑުއެހުން ކެންސަލް

ފާޅުގައި އީސްލާމް ދީނަށް ފުރައްސާރަކޮށް، ދީނީ އެއްބައިވަންތަކަން ނަގައިލާން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ތާވަލު ކުރެވުނު އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި އަޑުއެހުން މިއަދު ހެނދުނު 09:00 ޖަހާއިރު ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް މިއަދު ކްރިމިނަލް ކޯޓުން ވިދާޅުވީ އެ އަޑުއެހުން މިހާރު ވަނީ ކެންސަލްވެފައިވާ ކަމަށެވެ. އެ އަޑުއެހުން ކެންސަލްވި ސަބަބެއް ކޯޓުން ވިދާޅުވެފައި ނުވެއެވެ.

މި މައްސަލައިގައި ރުސްތުމްގެ މައްޗަށް ތަފާތު ދެ ދައުވާއެއް އުފުލައިފައިވެއެވެ. އޭގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ނަގައިލުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ފާޅުގައި އިސްލާމް ދީނަށް ފާޑުކިޔައިގެން ރުސްތުމް އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވެއެވެ. އެގޮތުން 2019އާއި 2020ގައި ވެސް ރުސްތުމް ހައްޔަރު ކޮށްފައި ވެއެވެ. އޭނާގެ މައްޗަށް މި ދައުވާތައް އުފުލައިފައި ވަނީ 2021ގައެވެ.

ރުސްތުމް ވަނީ އެކި ފަހަރު މަތިން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުން ކޮށްގެން ދީނަށް ފުރައްސާރަކޮށްފައެވެ. އަދި ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭކަމަށް ބުނެ އެކި ފަހަރުމަތިން މީސްމީޑިއާގައި ޕޯސްޓު ވެސް ހިއްސާކޮށްފައި ވެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީ އިރު ދީނަށް ފުރައްސާރަކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް