އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލައެއްގައި މި މަހުގެ 5ވަނަ ދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި އޭގެ ތެރޭގައި ބިދޭސީއަކާއި ފުލުހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގު ކުރިއަށް ދާތީ ފުލުސް މީހާ ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހަކަށް 15 ދުވަސް އަދި އަނެއް ދެ މީހުންނަށް 10 ދުވަސް ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.