ޚަބަރު

ކޮވިޑް ޖެހޭމީހުންގެ ކަރަންޓީން މުއްދަތު ކުޑަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު ދިހަ ދުވަހަށް ކުރު ކުރަން ނިންމައިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

Ads by STELCO

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށް ކޮވިޑަށް ފައްސިވާ މީހުން އެކަހެރި ކުރާ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކަރަންޓީންގައި ތިބޭ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށް އަލާމާތެއް ނެތް ނަމަ، 10 ދުވަސް ފަހުން ޓެސްޓު ނުކޮށް ދޫކޮށްލުމާއި، ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު އެ ޓެސްޓުގެ ނަތީޖާ ނައްސި ވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލުމަށް ނިންމައިފައިވާ ކަމަށެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ނަމަ 14 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށާއި ކަރަންޓީނުން ދޫކޮށްލާނީ، 14 ދުވަސް ފަހުން ޓެސްޓު ހަދައި އެ ޓެެސްޓުގެ ނަތީޖާ ނައްސިވުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނާޅި

    ކޮވިޑް އާއި ޕީސީއާރު ޓެސްޓަކީ ހިއުމަން ޓުރެފިކް ކުރަން ގެންގުޅޭ މުޅިން އާވޭރިންޓެއް !

    • ޏަމްޏަމް

      އަސްލުވެސް ތަ؟ ޢެޗުޕީއޭއަކުން ތިހިނެއް ނުބުނޭ .ނާޅި ގަނޑަށް ބޮޑަށް ތި އިގެނީ.