Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އޮމިކްރޯން ވޭދަނަތައް އިތުރުވެ މުޅި ރާއްޖެއަށް ފެތުރޭނެ: ޑރ. ނަޒްލާ

އޮމިކްރޯން ވޭދަނަތައް އިތުރުވެ މުޅި ރާއްޖެއަށް ފެތުރޭނެ: ޑރ. ނަޒްލާ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޮން މުޅި ރާއްޖެއަށް ފެތުރޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު އޮމިކްރޮންއަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އޮމިކްރޯންގެ ވޭދަނަތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އޮމިކްރޯންގެ ނުރައްކާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބޮޑުވާނެ ކަމަށެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި 1000 މީހުން ފައްސިވުމަކީ ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"ޑެލްޓާގައި ކޭސްތައް ބޮޑަށް ފެނުނީ މާލެއިން. އެކަމަކު މިފަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އޮމިކްރޯން ވޭވް އަންނާނެ ކަމަށް މިހާރު ބެލެވެނީ. އެތައް ތަނެއް މި ވޭރިއަންޓުގައި ކޭސްތައް ގިނަވާނެ. އޮމިކްރޯން ވަރަށް ހަލުވިކަމާއެކު ފެތުރެމުން ދަނީ. ޕްރޮޖެކްޝަންއަކީ ޑެލްޓަރއަށް ވުރެ އޮމިކްރޯން އިތުރުވެގެން ހިނގައިދާނެކަމަށް. ފެބްރުއަރީ ކުރީކޮޅު ނޫނީ ޖެނުއަރީ ފަހުކޮޅު ޕީކަކަށް ދާނެކަމަށް ލަފާކުރެވޭ "ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އޮމިކްރޮންއަށް ފައްސި ވެފައިވާ އަށް ދިވެއްސަކު މިހައިތަނަށް ފެނިފައިވާ ކަމަށާއި މި އަދަދާ އެކު ދިވެހިންގެ ތެރޭގައި ވެސް އޮމިކްރޯން ވޭރިއަންޓު އުޅެމުންދާކަމަށް ކަށަަވަރު ކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޑެލްޓާއާއި އޮމިކްރޯން ވޭރިއަންޓު ރާއްޖޭގައި ފެތުރެމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ގިނަވާނީ އޮމިކްރޯން ވޭރިއަންޓުކަމަ ށްވެސް ނަޒްލާ ލަފާ ކުރައްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް