ޚަބަރު

މާބަނޑުވިކަން ނޭނގި ހުއްޓާ ހަތަރު މަހުގައި ކުއްޖާ ދިޔައީ ބައިގެން

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ސ. ހުޅުމީދޫ

ރޭފަތިހުގެ ވަގުތެއްގައި ބަނޑުގައި ރިއްސާތީ ސ.ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހެއް ބަނޑުބޮޑުކަން ނޭނގި، ވިހެއި ދަރިފުޅު ނިޔާވެއްޖެއެވެ.

Ads by STELCO

ހުޅުމީދޫ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި އެމީހާ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ ދަރިފުޅު ވިހައިފައިވާ ކަމަށާއި، ދުވަސް ހަމަނުވެ ވިހެއި އެ ކުއްޖާ ވިހެއިތާ ކުޑަ އިރުކޮޅެއްތެރޭ ނިޔާވެފައިވާ ކަމަށެވެ.

“ފަތިހު އޭނާގެ ބަނޑުގައި ރިއްސާތީ ހެލްތް ސެންޓަރަށް ގެނައީ، ގެނައި ތަނުން ކުއްޖާ ވިހެއީ، ޕްރީމެޗުއާ ބޭބީއެއް އެއީ، ވިހެއިއިރު ފުރާނަ ހުރި، ނަމަވެސް ގާތްގަނޑަކަށް 2 މިނެޓުތެރޭ މަރުވެއްޖެ” އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، އެ ކުއްޖާއަށް ގާތްގަނޑަަކަށް 4 މަސް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކުއްޖާގެ މަންމައަށް ބަނޑުބޮޑުކަން ނޭނގޭކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރު ވެސް އެރަށުގައި މިފަދަ ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ. އެ ހާދިސާގެ ތަފްސީލު ދެމުން އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރު އަންހެނަކު ބަނޑަށް ނުވަ މަސްވެފައި ވަނިކޮށް ބަނޑުބޮޑުކަން ނޭނގި ދަރިއަކު ވިހައިފައިވާ ކަމަށެވެ. އަދި އެމީހާއަށް ލިބުނު ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ވެސް ވިދާޅުވިއެވެ.

ބަނޑުބޮޑުކަން ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ހުރުމާއި އެކަން ނޭނގި ހުއްޓާ ވިހެއުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ މައްސަރު ކަންތައް ގަވައިދުން ދިމާނުވާ މީހުންނަށާއި ޕީސީއޯއެސް ބަލި ހުންނަ މީހުންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!