ޚަބަރު

އައްޑޫސިޓީގައި ގެދޮރުއިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އައްޑޫސިޓީ ކައުންސިލާއި ވިޒްޔޮންވިލާ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން

އައްޑޫސިޓީގެ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ދަށުން އައްޑޫސިޓީ ކައުންސިލުން ދެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މިއަދު ސޮއި ކުރި އެއް އެއްބަސްވުމަކީ އައްޑޫ ސިޓީގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް މިއަދު އައްޑޫސިޓީ ކައުންސިލްއާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ ދެމެދު ސޮއިކުރި އެމް.އޯޔޫއެވެ. މީގެ އިތުރުން އެ ސިޓީގައި 1000އާއި 2000އާ ދެމެދުގެ ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އައްޑޫ ސިޓީ ކައުންސިލާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާއި ދެމެދު ވެސް ވަނީ ފްރޭމްވޯކް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރެސިޑެންޝަލް ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގެ ދަށުން އައްޑޫގައިވާ ދުވަސްވެފައި ހުރި އަދި ގެ ނޭޅިފައި ހުރި ގޯތިތަކުގައި ގެއަޅައިދިނުމަށް މަސަތްކަތް ކުރެވިގެންދާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ މި އެއްބަސްވުމާ އެކު 3 މޮޑެލެއްގެ ގެއެއް އައްޑޫގައި ގާއިމްކުރެވޭނެ ކަމަށެވެ. އަދި ގެތައް ހުންނާނެ މޮޑެލްތަކުގެ ކުރެހުންތަކާއި ގެތައް އަޅަން ބޭނުންކު ރާނެ ތަކެތީގެ ލިސްޓެއް ވެސް ލިބިފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

ގެތައް އެޅުމަށް ކުރަހައިފައިވާ މޮޑެލްތައް މީޑިއާއާ ހިއްސާކުރަމުން ނިޒާރު ވިދާޅުވީ މި ކުންފުންޏާ އެކު ފައިނަލް އެއްބަސްވުމަކަށް ދެވިގެން މަސައްކަތް ކުރެވިއްޖެ ނަމަ ވިޒްޔަންވިލާ ކުންފުނިން އެ ބިލްޑިންތަކާ އެކު ހިލޭ ފަޔާ ޓްރަކްތަކެއް ހަދިޔާ ކުރާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫގައި ސޯޝަލް ހައުސިން ޔުނިޓުތައް ގާއިމް ކުރެވިއްޖެ ނަމަ އެއީ ސިޓީގެ ތަރައްގީއަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. 

ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގޯތީގެ ދަތިކަމުގެ މައްސަލަ ކަމަށާއި މި ދެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ގޯތިތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

Ads by Allied Insurance
  1. ައަހުމަދު

    އެމް އޯ ޔޫ ގެ ދަށުން އެއްވެސް އަމަލީ މަސައްކަތެއް ނުފެށޭނެ. މަސައްކަތެއް ކުރެވޭނީ އެގްރީމެންޓެއް ހެދިގެން. ހީވަނީ މީ ދައްކާ ހުވަފެނެއްހެން.