ދުނިޔެ

ހާލަތު ގޯސްވަމުން ދާއިރުވެސް އިންޑިއާގައި ދީނީ އަޅުކަންތައް ކުރިޔަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ އިރު ވެސް، އަވައްޓެރި އިންޑިއާގައި ހިންދޫ ދީނުގެ މީހުން އަޅުކަން ކުރުމަށް އެއްތަނަކަށް ޖަމާވާ މައްސަލަ ބޮޑު ވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޕްރަޔާގްރާޖް (ކުރިން އަލަހަބާދް) ގިނަ އަދަދެއްގެ ހިންދޫން ޖަމާވެފައި ވަނީ ގަންގާ ކޯރުން ފެން ވެރުމަށެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި މި ދުވަސްވަރު އެ ކޯރުން ފެން ވެރުމުން، ފާފަތައް ފުއްސަވައެވެ.

މިދިޔަ އަހަރު ވެސް މިފަދަ އެއްވުމެއްގެ ސަބަބުން އިންޑިއާގައި ކޮވިޑް-19 ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެ، މުޅި ޤައުމު ފުރަބަންދު ކުރަން ޖެހުނެވެ. އިންޑިއާއަށް ކޮވިޑް-19ގެ އައު ރާޅެއް އަރައިފައި މި ވަނީ މި ފަދަ ދީނީ އެއްވުމަކުން ކަމަށްކަން ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވެއެވެ. ކަން މިހެން އޮތް ނަމަވެސް ޕްރަޔާގްރާޖް ހުންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިފަހަރުގެ އިވެންޓް މަނާކުރުމަށް ދެކޮޅު ހަދައި ފައެވެ.

ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އިޖުތިމާއީ ގައިދުރުކަމަށް ކުޑަވެސް ބެލުމެއް ނެތް ގޮތަށް އެ ސަރައްދުގައި މީހުން އުޅެމުން އަންނައިރު، ކޯރު ބޭންކުގައި އާންމުން އެއްވެ ތިއްބެވެ. ހިންދީ ނިއުސް ޗެނަލް އޭބީޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި ތިބި %70 އަށް ވުރެ ގިނަ މީހުން ތިބީ މާސްކު ނާޅައެވެ.

މި ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ގަންގާ ކޯރު އައްސޭރީގައި ބޮޑު ޓެންޓްތަކެއް ވަނީ ޖަހައިފައެވެ. މި ޓެންޓްތަކުގައި ވެސް ދިރިއުޅެމުންދަނީ އެއްވެސް ގައިދުރު ކަމެއް ނެތިއެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ރަޖީވް ނާރަޔަން މިޝްރާ ބުރާސްފަތި ދުވަހު ބީބީސީއަށް ވިދާޅުވީ، ޑިއުޓީގައި ތިބި މަދުވެގެން 38 ފުލުހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ފެސްޓިވަލް އިންފެކްޝަން ހޮޓްސްޕޮޓަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު، ހިމާލަޔާސްޓޭޓުގެ ހަރިދުވާރު އަވަށަށް އެތައް މިލިއަން ހިންދޫ ދީނުގެ މީހުން، ކުމްބް މެލާ ފެސްޓިވަލްގައި ބައިވެރިވުމަށް ވަނީ އެއްވެފައެވެ. އެފަހަރު މުޅި އިންޑިއާ ފުރަބަންދުކޮށް، އޮކްސިޖަން ހުސްވެ، ހޮސްޕިޓަލުތައް ފުރުނެވެ.

Ads by HDC
  1. ކޮންބެއްމޭލާގަ ތި މީހުން އުޅެނީ ހެއްދެވިގޮތަށް