ބޮލީވުޑް މުނިފޫހިފިލުވުން

ރަންވީރާއި ދީޕިކާގެ ވީޑިއޯ ކުރުމުން ރައްޔިތުން އެދުނީ "ބޭކާރު" ސަމާލުކަން ނުދިނުމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ "ޕަވަރ ކަޕްލް" ދީޕިކާ ޕަދުކޯންއާއި ރަންވީރް ސިންގް ޗުއްޓީ ހޭދަ ކޮށްލުމަށް ފަހު އެނބުރި މުމްބާއީއަށް ދިޔުމުން ހަނގާ ކޮށްފިއެވެ.

Ads by MWSC

ބޮޑު ފޭން ބޭސްއެއް އޮންނަ ދީޕިކާއާއި ރަންވީރް މިދިޔަ މަހު ފަހުކޮޅު ވަނީ ޗުއްޓީ ހޭދަ ކޮށްލަން އިންޑިއާއިން ބޭރަށް ގޮސްފައެވެ. ނަމަވެސް އެމީހުން ދިޔަ ތަނެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެ ދެމަފިރިން އިއްޔެ އަނބުރާ އިންޑިއާއަށް ދިޔުމުން، ޕަޕަރާޒީން ވަނީ އެމީހުންގެ ފޮޓޯ ނަގައި ވީޑިއޯ ވެސް ކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ، ވަޔަލެޓް ކުލައިގެ ޓީޝާޓަކާއި ޑެނިމް ޖީންސެއް ލައިގެން ރަންވީރް ދީޕިކާގެ އަތުގައި ހިފައިގެން އަންނަ މަންޒަރެވެ. ދީޕިކާ ވެސް ހުރީ ޑެނިމް ޖީންސަކާ އެކު ހުދު ކުލައިގެ ޓީޝާޓެއް ލައިފައެވެ.

ދީޕިކާއާއި ރަންވީރްގެ ފޮޓޯތައް މީސް މީޑިއާގައި އާންމުވުމުން، ވަރަށް ގިނަ މީހުން ވަނީ އެ ދެމަފިރިންނަށް ފާޑު ކިޔައިފައެވެ.

 

އެގޮތުން އެކަކު ބުނީ، އާންމު ގޮތެއްގައި އާދަޔާ ހިލާފަށް ހެދުން އަޅާ ރަންވީރް މި ފަހަރު އާދައިގެ ގޮތަކަށް ހެދުން އެޅުމުން، އެއީ ރަންވީރް ނޫން ކަމަށެވެ. އެހެން މީހަކު ބުނީ، ރަންވީރް ދީޕިކާގެ އަތުގައި ހިފައިފައި ހުރި ގޮތުން ހީވަނީ އޭނާ ފިލާފާނެތީ އުޅޭހެން ކަމަށެވެ. އިތުރު މީހަކު ބުނެފައި ވަނީ، ދީޕިކާއާއި ރަންވީރަކީ ވެސް އާދައިގެ މީހުން ކަމަށާއި އެހެންކަމުން އެފަދައިން ވީޑިއޯ ކޮށްގެން އެމީހުންނަށް "ބޭކާރު" ސަމާލުކަން ނުދިނުމަށެވެ.

މީގެ އިތުރުން އާންމުން ވަނީ ދީޕިކާއާއި ރަންވީރް މިފަހަކަށް އައިސް ކުޅެނީ ފްލޮޕް ފިލްމުތަކެއް ކަމަށް ވެސް ބުނެ ފުރައްސާރަ ކޮށްފައެވެ. އެ ދެމަފިރިން އެންމެ ފަހުން ފެނިފައި ވަނީ ކަބީރް ޚާންގެ "83"އިންނެވެ.

Ads by Allied Insurance
  1. ާނަނި

    ސޯވަޓު