Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނުރައްކާ އިތުރުވެއްޖެ! ކޮވިޑް ނަންބަރުތައް މިއަދު 2100އިން މައްޗަށް

ނުރައްކާ އިތުރުވެއްޖެ! ކޮވިޑް ނަންބަރުތައް މިއަދު 2100އިން މައްޗަށް

ރާއްޖެއިން މިއަދު އިތުރު 2137 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1219 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 547 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 89 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން ހަތަރު މީހުން މި ބައްޔަށް މިއަދު ފައްސި ވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 108،732 މީހުންނެވެ.

މިހާތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 98،880 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 43 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 254 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް