ބޮލީވުޑް

އާރްއާރްއާރް ފިލްމު މާޗު ނުވަތަ އޭޕްރިލް މަހު ނެރެނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އާރްއާރްއާރްގެ ލީޑް ތަރިން

އެސް ރާޖާމޯލީ ޑައިރެކްޓުކުރާ ފިލްމުއާރްއާރްއާރްމިއަހަރުގެ މާޗް 18 ނުވަތަ އޭޕްރީލް 28 ގައި ސިނެމާތަކުގައި ނެރެން ނިންމައިފިއެވެ.

Ads by STELCO

މި ފިލްމުގެ ލީޑް ތަރިންނަކީ ތާމް ޗަރަންއާއި، އެންޓީއާރް ޖޫނިއާރ އަދި އާލިއާ ބަޓްގެ އިތުރުން އަޖޭ ދޭވްގަންއެވެ.

އެ ފިލްމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވި މީހުން ވަރަށް އިންތިޒާރުކުރަމުން އައި "އާރްއާރްއާރް" މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ސްކްރީންތަކަށް އަންނަން ކުރިން ހަމަޖެހިފައިވީ ނަމަވެސް ކޮވިޑް-19ގެ ސަބަބުން މި ފިލްމު ނެރުން ވަނީ ފަސްކޮށްފައެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މިހާރު މި ފިލްމު ނެރޭނެ އާ ތާރީހު ކަނޑައަޅައިފައެވެ.

ބޮލީވުޑް ހަންގާމާއަށް އިތުބާރު ހުރި މަސްދަރަކުން އަންގައިފައިވާ ގޮތުގައި އާރްއާރްގެ އުފެއްދުންތެރިން ވަނީ ފިލްމު އީދު ދުވަހު (28 އޭޕްރިލް)ގައި ނެރުމަށް ވަނީ ނިންމައިފައެވެ.

އާރްއާރްއާރްއަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށް ވާއިރު، މި ފިލްމުގެ ޕްރޮޑިއުސަރުން ބޭނުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބޮކްސް އޮފީހުގެ އާމްދަނީ އެންމެބޮޑު ވާނެ، އަދި އެންމެ ރަނގަޅު ތާރީހެއް ހޯދުމަށް ފަހު މި ފިލްމު ނެރެންކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި އީދުދުވަހަކީ މި ފިލްމު ނެރެން އެންމެ ރަނގަޅުދުވަސް ކަމަށްވާތީ އެދުވަހު ފިލްމު ނެރެން ނިންމައިފައިވާކަމަށް ވެސް އެފަރާތުުން ބުނެފައިވެއެވެ.

ހަމަ އެ ވާހަކަ ޓްވިޓާގައި އިއުލާނު ކުރަމުން ފިލްމުގެ އުފެއްދުންތެރިން ވަނީ އިންޑިއާގެ ކޮވިޑުގެ ހާލަތު ރަނގަޅުވެ ހުރިހާ ތިއޭޓަރުތަކެއް ފުލް ކެޕޭސިޓީގަ އިއޮޕަރޭޓް ކުރަން ހުޅުވައިލައިފި ނަމަ 18 މާޗް 2022ގައި ފިލްމު ނެރެން ތައްޔާރަށް ތިބި ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އެހެން ނޫން ނަމަ އާރްއާރްއާރްމޫވީ 28 އޭޕްރީލް 2022ގައި ނެރޭނެ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

މި ފިލްމާ އާރްއާރްއާރްއަކީ ލެޖެންޑަރީ ދެ ރިވޮލިއުޝަނަރީއެއްގެ ވާހަކައާއި ގެއާ ދުރުގައި އެމީހުން ކުރި ދަތުރުގެ ވާހަކައަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!