ޚަބަރު

ބައިނަލްއަގުވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތައް އަތޮޅުތަކުގައި ތަރައްގީކުރަނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އަތޮޅުތެރޭގައި ގާއިމު ކުރެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްގެ ކުރެހުން- ޔޫތް މިނިސްޓްރީ

ރާއްޖޭގެ އަތޮޅުތަކުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ތަރައްގީކުރަން ނިންމަވައިފިއެވެ.

Ads by STELCO

ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހައިލައިގެން 6 މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްްތަކެއް ތަރައްޤީކުރުމަށް ނިންމަވައިފައެވެ.

އެގޮތުން ސްޕޯޓުސް ކޮމްޕްލެކްސްތައް ތަރައްޤީ ކުރުމަށް ނިންމައިފައިވާ ރަށްތަކަކީ ރ.އަލިފުށި، ރ.ދުވާފަރު، އއ.އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ފޭދުއާއި މީދޫގައެވެ.އަދި މި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވައިލާން ޓެންޑަރ ބޯޑަށް މިހާރު ވަނީ ފޮނުވައިފައެވެ.

އަތޮޅުތަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެންމެ ފުރަތަމަ ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ މީދޫގައެވެ. އެގޮތުން މި މަސަތްކަތަށް ބޭނުންވާ އިދާރީ ބައި ނިންމުމަށް މިހާރު ވަނީ ޓެންޑާ ބޯޑަށް ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން ރ. އަލިފުށްޓާއި، ރ. ދުވާފަރާއި، އަދި އއ. އުކުޅަހުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައް ވެސް މިހާރު ވަނީ ޓެންޑަރ ބޯޑަށް ހުށަހަޅުއްވައިފައެވެ. މި ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރަން ނިންމަވައިފައިވާ އިމާރާތްތަކެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!