ޚަބަރު

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ބޮޑަށް ޕްރޮމޯޓުވީ ރައީސް ޔާމީން: އާދަމް ޝަރީފް

  • އާދަމް ޝަރީފު ވިދާޅުވީ ރޭގެ ޖަލްސާގެ ފޯކަސް ގެއްލިފައިވާއިރު، ޕްރޮމޯޓުވީ ރައީސް ޔާމީން ކަމަށް.
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު- ފޮޓޯ ޓައިމްސް އޮފް އައްޑޫ

ށ.ފޯކައިދޫގައި ބޭއްވި ކެމްފެއިން ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)އަށް ވުރެ ބޮޑަށް ޕްރޮމޯޓުވެފައި ވަނީ، އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރޭ ފޯކައިދޫގައި ބޭއްވި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިން ޖަލްސާގެ "ފޯކަސް" ގެއްލި ޕްރޮމޯޓް ވެފައި ވަނީ ރައީސް ޔާމީން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާގައި ރާޝިދު ޕްރޮމޯޓުނުކޮށް ދިފާއަށް ކުޅެފައި ވަނީ ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވިޔަސް، މި އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

ރޭ ފޯކައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ ދީދީއާއި އެމްޑީޕީގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ބޭއަދަބީ އަދި ހުތުރު ބަހުން ރައީސް ޔާމީނަށާއި އިންޑިއާ އައުޓް ކެމްޕޭނަށް ފާޑުވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީއިން ވެސް ވާދަކުރެއެވެ. އަދި މި އިންތިހާބުގެ ކެމްޕެއިން ކުރިއަށްދަނީ ވަރަށް ވާދަވެރި ގޮތެއްގައެވެ.

Ads by Allied Insurance
  1. ގުޅި

    ޔާމީނު ނަގާފައި ފައިސާތައް އަވަހަށް ހަވާލުކޮށްފަ ރަށްޔިތުންނޭ ކިޔައިގެން ނުކުމެބަލަ. 5 އަހަރު ދައުރެއް ނިންމާލި އިރު އެހާބައިވަރު އެކައުންޓުގަ ހުރި ސަބަބެއް ބުނެދީބަލަ. ދަރިން އުޅޭ އެޕާރޓްމަންޓަށް ކުލި ނުދެއްކިގެން އުޅުނު މީހަކު މާލޭގެ ޕްރައިމް ލޮކޭޝަނުން ބިމެއް ހޯދާ އެތަން 15 ބުރިއަށް ނަގާނެ ޚަރަދު ހޯދިގޮތެއް ސާފުކޮށްލާދޭށޭ.

  2. ޔާމީނު ނެގިފައިސާ އިގޭނީވެސް ތިއެމްޑީޕީ ރުޑިންނައް . އަދި އަދީބު އަތުން ތިއެމްޑީޕީ ރުޑިން ނެގި އަދި މިހާރުވެސް ނަގަމުން ދާ ލާރީގެ އަދަދުވެސް އިގޭނީ ހަމަ ތިރުޑިންނައް. މިހާތަނައް ރާއްޖޭގެތާރީހުގަވެސް އެންމެގިނަ ވަގުން ތިބީ މިސަރު ކާރުގަ. ދެން މިއެމްޑީޕީގެ ކަމަކީ ދީނައް ފުރައް ސާރަކުރުން. އެހެންތާވާނީ އެނމެމަތިން ފެސިގެން ވެސް އެތިބީ އެކިކަހަލަ އަމަލުވާ އެތިވަރުތައް ބޮއެގެން ޖަލު ހުކުން އައިސް ސަތިބި ރުޑިން.އެއްޖިންސުން ގުޅުން ހިންގަން ގޮވާމީހުނާ. ދީނީ މިނިވަން ކަން ދޭން ގޮވާ މީހުނާ ރަސޫލާއައް ފުރައްސާރަ ކުރާ މީހުނާ. ބޯންޖެހޭނޭ ބޮވެންޖެހޭ ކިޔާ ފަ ތިބިބުރާންތިންނާ. ތިއެމްޑީޕީ މަޖުލީސް މެމްބަރުންގެ ތެރޭގަވެސް ގިނައީ ހިދު ކޮޅުގަ ތީބޭ ރުޑިން. ތިރުޑިން ޔާމީނު ލާރި ކެޔޭ ކިޔަން ލަދުގަން ނަން ޖެހޭނެ. ތިބުނާ ލާރި ކޭކައް އިގޭކައް ނެތެއްނު. އެޔޮތީ އެންމެމަތީ ކޯޓުން ހުކުން ބާތިލު ކޮއްފަ. ދެން ލަލަލާ. ތިރުޑިންނައް ދެދޭނީ މަކަރާ ހީލަތް.

  3. ފުވައްލަކުމީހާ

    އެއީބަޔަކުޕުރަމޯޓުކުރާވަމީހެއްތަދިވެހިސަރުކާހަވާކޮއްފައަމާނާތެއްރިކަމާއެކުބަލަހަށްޓާށޭބުނުމުންޚަޒާނާހުސްކޮއްލިމީހުތީތިއައްވުރެމާރަގަޅުވާދއްދޮޅިއޭކިސް