Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުއްދަތު ހަމަވާ އައިޑީ ކާޑުތަކަށް އިތުރު ފަސް މަސް

މުއްދަތު ހަމަވާ އައިޑީ ކާޑުތަކަށް އިތުރު ފަސް މަސް

ކޮވިޑް-19ގެ ސަބަބުން މުއްދަތު ހަމަވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރު ކޮށްފިއެވެ.

މިހައިތަނަށް ހަދައި ދީފައިވާ އައިޑީކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ އައިޑީކާޑުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ވަނީ ބުނެފައެވެ.

ޑީއެންއާރުން ނެރުނު ބަޔާނެއްގައި ބުނީ، މިގޮތަށް ނިންމީ ކޮވިޑް-19 މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާތީ ގިނަ ބަޔަކު އެއްވާ ތަންތަނަކީ މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ފާހަގަ ކޮށްފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރު ކުރި ނަމަވެސް އޮންލައިންކޮށް ކާޑުހެދުމަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ޑީއެންއާރުން ވަނީ ބުނެފައެވެ.

އަދި އައިޑީ ކާޑު ހަދަން ހުށަހަޅާ ފަރާތްތަކުގެ އައިޑީކާޑު ނިމުމުން އެ ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭއިރު ހުށަހަޅައިފައިވާ ފޯނު ނަންބަރަށް ފޮނުވޭނެ ކަމަށް ވެސް ޑީއެންއާރުން ހާމަކުރެއެވެ.

މިގޮތަށް ނިންމައިފައިވަނީ ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ. ކޮވިޑް-19ގެ ސަބަބުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރުމުގެ މުއްދަތު މީގެ ކުރިން ވެސް ވަނީ 3 ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް