ލައިފްސްޓައިލް

ކޮންމެ ދުވަހަކު ދޮންކެޔޮ ކާންޖެހެނީ މިހެންވެ!

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ކެޔޮ އަރިތަކެއް

ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާގެ ބާވަތެކެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ.

ކޭލަކީ އޭގައި ޕޮޓޭސިއަމްއާއި، މެގްނީޒިއަމްއާއި، މެންގަނީޒްއާއި، ވިޓަމިން ބީ6 އަދި ސީ ފަދަ ނިއުޓްރިއެންޓްސް އެކުލެވޭ އެއްޗެކެވެ. އަދި އޭގައި ފައިބަރުގެ މާއްދާ ވެސް ގިނައިން އެކުލެވިގެން ވެއެވެ.

ކޭލުގައި ޕޮޓޭސިއަމް އެކުލެވިގެން ވާއިރު މިއީ ކިޑްނީއަށް ނުހަނު ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ޕޮޓޭސިއަމްގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު އެއްމިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް އިތުރު އެހީއަކަށްވެއެވެ.

ކޭލަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ވަރަށް ރަނަގަޅު މޭވާއެކެވެ. އެގޮތުން ކުޑަ ލޮނު ކޮޅަކާ އެކު ކެޔޮ ކައްކައިގެން ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

މީގެ އިތުރުން ކޭލަކީ އޭގައި ވަރަށް ގިނަ ޑައެޓްރީ ފައިބަރުތައް އެކުލެވިގެންވާ މޭވާއެެކެވެމީގައި އެކުލެވޭ ޑައެޓްރީ ފައިބަރުގެ ސަބަބުން ވަރަށް ގިނަ އިރު ވަންދެން ބަނޑު ފުލްކޮށް ބަހައްޓައިދެއެވެ. އަދި އޭގެ ސަބަބުން ބަރުދަން އިތުރުވުން ހުއްޓުވައިދީ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

ވަރަށްގިނަ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކެޔޮ ބޭނުން ކުރެއެވެ. އަދި ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުން ވެސް އެމީހުންގެ ޑައިޓުގައި މިބާވަތް ބޭނުން ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!