އަންނަ މަހުގެ ތިންވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައިފި

އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.
މި ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.
ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުގެ ނަންބަރު 2019/4ގެ ދަށުން ވަނީ ހަމަޖައްސަވައިފައެވެ.
ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ރިޔާސީ ބަޔާނުގައި ރާއްޖޭގައި މި އަހަރު ހިންގަވަން ނިންމަވައިފައިވާ މަޝްރޫއުތަކާއި، އަދި މި ދައުރުގައި ކުރަން ނިންމަވައިފައިވާ ކަންތައްތައް ރައީސް ހިއްސާ ކުރައްވާނެއެވެ.