Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވެކްސިން ޖެހުމަށް ފަހު ދެހަފްތާ ވަންދެން ކަސްރަތު ނުކުރުމަށް އިރުޝާދު ދެއްވައިފި

ވެކްސިން ޖެހުމަށް ފަހު ދެހަފްތާ ވަންދެން ކަސްރަތު ނުކުރުމަށް އިރުޝާދު ދެއްވައިފި

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ދޭ ވެކްސިން ޖެހުމަށް ފަހު ދެ ހަފްތާ ވަންދެން ގަދަޔަށް ކަސްރަތު ނުކުރުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ބޯޑުގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިރުޝާދު ދެއްވައިފިއެވެ. 

ޑރ. ފައިސަލް މިގޮތަށް އިރުޝާދު ދެއްވީ ޓުވިޓާގައި މީހަކު ހިއްސާކުރި ޕޯސްޓަކަށް ކޮމެންޓު ކުރައްވަމުންނެވެ. އެ ޕޯސްޓަކީ "ވަގުތު" ނޫހުގައިވާ ހަބަރަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގެ ސްކްރީންޝޮޓެކެވެ.

އެ ސްކްރީންޝޮޓުގައި ވަނީ ވެކްސިން ޖަހައިގެން ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވެކްސިން ޖެހުމުގެ ސަބަބުން މީހާގެ ދިފާއީ ރޭޓު އިތުރު ވާނެކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ވެކްސިން ޖަހައިގެން ދުވަން ގޮސް އުޅުނީމަ މީހާގެ ޓެމްޕަރޭޗަރު ވަރަށް ބޮޑަށް މަތި ވާނެ ކަމަށާއި، އޭގެ ސަބަބުން އޯގަން ފެއިލްވުން ގާތްކަމަށާއި ސްޓްރޯކެއް ޖެހުމަށް މެދުވެރި ވެދާނެ ކަމަށް ވެސް ލިޔެފައިވެއެވެ.

Advertisement
Allied Insurance — Square (box)
މި ޕޯސްޓު ޓުވިޓާގައި ހިއްސާކުރި މީހާ ވަނީ ޑރ. ފައިސްލްގެ ޓުވިޓާ ހޭންޑަލް ޓެގުކޮށް އެއީ ތެދު ހަބަރެއްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.ފައިސަލް ވިދާޅުވީ ވެކްސިން ޖެހުމަށް ފަހު ދެ ހަފްތާ ވަންދެން ގަދައަށް ކަސްރަތު ކުރުން މެދުކަނޑައިލުން އެދެވިގެންވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް