ކޮވިޑާ ގުޅިގެން އިތުރު ރަށްތަކެއް ބަންދުކޮށްފި

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، އިތުރު ރަށްތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މޮނީޓަރިންގެ ހާލަތަށް މިއަދު ގެނެސްފިއެވެ.
އެގޮތުން މިއަދު ހަތަރު ރަށެއް މޮނީޓަރިންއަށް ލައިފައިވާ އިރު، ޖުމްލަ 27 ރަށެއް މިހާރު އޮތީ އެޗްޕީއޭގެ ފަރާތުން އަރައި ފޭބުން މަނާ ކޮށްފައެވެ.
އެޗްޕީއޭއިން މިއަދު މޮނީޓަރިންއަށް ލައިފައި ވަނީ ގދ. މަޑަވެއްޔާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫއާއި ދ. ހުޅުދެއްޔެވެ.
މޮނީޓަރިންގައި މިވަގުތު އޮތް ރަށްތަކަށް ބަލާއިރު އެންމެ ގިނަ ދުވަސް ވަންދެން އެޗްޕީއޭގެ ބަންދުގައި އޮތީ ކ. މާފުށްޓެވެ. އެ ރަށް މޮނީޓަރިންގަށް ލައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ.