ކޮވިޑް ބަލީގައި އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 73 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް ރޭ 01:54 ހައިއިރު ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 273ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون