ކޮވިޑް-19 ފެތުރޭތީ ބައެއް ގައިދީން ގެޔަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭތީ ބައެއް ގައިދީން ގެޔަށް ބަދަލުކޮށްފިއެވެ.
މާފުށީ ޖަލުން 137 ގައިދީން ވަނީ ބައްޔަށް ފައްސިވެފައެވެ. މި ވަގުތު ބަލި ޖެހިފައި 66 މީހަކު އެބަތިއްބެވެ. މާފުށީ ޖަލުގެ ގައިދީންނަށް ވެސް ބަލި ޖެހިފައި ވެއެވެ. 12 މީހުންނަށް މި ވަގުތު ބަލި ޖެހިފައިވާ އިރު، 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކަރެކްޝަނުން ވިދާޅުވީ، ހައި ރިސްކް ބައެއް ޤައިދީން ޖަލުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އިތުރު ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. ނަމަވެސް ގެޔަށް ބަދަލުކޮށްފައި ވަނީ ކިތައް ޤައިދީން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޖަލުގައި ކޮވިޑް-19 ފެތުރޭތީ، އާއިލާއާ ބައްދަލު ކުރުމާއި، ކޯޓަށް ހާޒިރު ކުރުން މެދު ކަނޑައިލާ، ބައްދަލުވުންތައް ވަނީ އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފައެވެ.