ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 70،000އިން މައްޗަށް
ކޮވިޑް-19އިން ދިފާއުވުމަށް ޓަކައި ރާއްޖޭގައި ދޭން ފަށާފައިވާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 70،000އަށްވުރެ އިތުރުވެއްޖެެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 3،857 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހައިފައެވެ. މިއާއެކު، ބޫސްޓަރ ޖެހި މީހުންގެ އަދަދު ވަނީ 70،224އަށް އިތުރު ވެފައެވެ.
އަދި އިތުރު 54 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ އިރު، 61 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދާއިރު، އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
Ads by Allied Insurance